2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

އެޗްޑީސީން ކުރިއަށް ގެންދާ މައިގަނޑު 15 މަޝްރޫއެއް ފެށުމަށްޓަކައި "ޓްރާންސްފޯމިން ޓުމޯރޯ" ރަސްމީކޮށް ރޭ އިފުތިތާހު ކޮށްފި އެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓްތައް އިފުތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

ހުޅުމާލޭގައި ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ރާއްޖެ އަށް މުޅިން އަލަށް ތައާރަފުކުރާ މަޝްރޫއުތައް ހިމެނޭހެން ޖުމްލަ 15 މަޝްރޫއެއް އިފުތިތާހު ކުރިއިރު ބައެއް މަޝްރޫއުތަކުގެ މޮޑެލްތައް ވެސް ދައްކައިލި އެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

އޭގެ ތެރޭގައި އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަނަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ އެމްއޯޔޫގައިއެއްގައި ވެސް ސޮއިކުރި އެވެ. އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އަދި ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޑޭވިޑް ޕިއެރިސް އެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ތަރައްގީ ކުރުމަށް އިފުތިތާހު ކުރި މަޝްރޫއުތަކެކެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދާ އެއްގޮތަށް، މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައި ދިނުމަށް ރަސްމާލެ ޕްރޮޖެކްޓާއި ހުޅުމާލޭގައި ހިންގާ އިތުރު ދެ ސޯޝަލް ހައުސިންގެ މަޝްރޫއު އާއި ރޯ ހައުސް މަޝްރޫއެއް އަދި ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިވާ މީހުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރީ ފެބް ގެތަކުގެ މަޝްރޫއެއް ވެސް ރޭ އިފުތިތާހު ކުރި އެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

ރޯ ހައުސް ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ 2 ގައި 32 ޔުނިޓު އިމާރާތް ކުރާނެ އެވެ. އެ ޕްރައިވެޓް ރޯ ހައުސްތައް ތަރައްގީ ކުރަނީ އެކްސްކްލޫސިވް ކްލަބް ހައުސްތަކާއި ޕޫލް ހިމެނޭ ގޮތަށެވެ.

2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި
2،100 ސޯޝަލް ހައުސިން ފްލެޓް ހިމެނޭ ގޮތަށް އެޗްޑީސީގެ ބިޔަ 15 ޕްރޮޖެކްޓެއް އިފުތިތާހުކޮށްފި

ސޯޝަން ހައުސިންގެ ދެ މަޝްރޫއެއް ހުޅުމާލޭގައި ހިންގަން އެޗްޑީސީން ވަނީ ޕްލޭން ކޮށްފަ އެވެ. އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ ފްލެޓްތަކުގެ ތެރެއިން 2،100 ފްލެޓެއް ހުޅުމާލޭގައި އަޅާނެ އެވެ. އޭގެ ތެރޭގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތައް ހިމެނެ އެވެ. އެ ފްލެޓްތަކުގެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ ވިޔަފާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައް ވެސް އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މޮޑާން ޕްރީފެބް ހޯމްސްގެ ނަމުގައި ފަށާ މަޝްރޫއު ހާއްސަ ކުރަނީ ބިންވެރިޔާ ހައުސިން ސްކީމުން ގޯތި ހޯދި މީހުންނަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ މި މަހު ސަރުކާރުން ހުޅުވާލީ ހިޔާވެހި ލޯން ސްކީމުގެ ދަށުންނެވެ. އޭގެ އިތުރުން ލަގްޒަރީ ވިލާތަކަށް ހާއްސަކޮށް ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ ޕްރޮޖެކްޓާއި އެސްއޯއީތަކަށް ހާއްސަ އޮފީސް އިމާރާތަކާއި ކޮމާޝަލް ސްޕޭސް ހިމެނޭ ގޮތަށް ހަދާ އެޗްޑީސީގެ ހެޑް އޮފީސް އިމާރާތާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް އެލްޑަލީ ކެއާ ފެސިލިޓީ ހިމެނެ އެވެ.

ހުޅުމާލޭގައި 15 ޕާކިން އިމާރާތާއި ރޭސިން ޓްރެކަކާއި ޑްރިފްޓް ޓްރެކާއި ގޯ-ކާޓް ޓްރެކާއި ރޮލާ ސްކޭޓިން އަދި ވޯޓާ ތީމް ޕާކު ހިމެނޭ އައިލް އެޑްވެންޗާ ޕާކެއް އެޅުމަށް ވެސް ވަނީ ރާވާފަ އެވެ. އެޗްޑީސީން ވަނީ ހުޅުމާލޭގައި ހިސްޓްރީ ސެންޓަރަކާއި ނޮލެޖު ޕާކެއްގެ އިތުރުން ގަލުފަޅުގެ ފަޅު ތެރޭގައި ހަދާ "ނޫވެލި" ލަގްޒަރީ ގެތައް އެޅުމުގެ މަޝްރޫއު ވެސް ހިމެނެ އެވެ.