މަގުމަތީ ހުރި ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ
މަގުމަތީ ހުރި ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ

‏މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައިވާ މައްސަލައެއް ބޮޑުވެ އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މަގުމަތީ ހުރި ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ
މަގުމަތީ ހުރި ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ

ކައުންސިލުން ބުނީ ހެންވޭރުގައި، މި މަގު އޮންނަ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މަގުމަތީ ހުރި ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ
މަގުމަތީ ހުރި ޖަންކްޝަނަކަށް ތެޔޮ އެޅޭ ގޮތް ހެދި މީހަކު ހޯދަނީ

ކައުންސިލުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ކައްކައި ބާކީވެފައި ހުންނަ ތެލާއި އެ ނޫން ވެސް ހަޑިއެއްޗެހި އެޅޭގޮތަށް ހަދާފައި ހުރުމުން ޖަންކްޝަން ބެދި ވަރަށް ބޮޑަށް ނުބައި ވަސް ދުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.

އެކަން ކުރި މީހަކު ހޯދައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ވިދާޅުވީ އެ މީހަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.

މިފަދަ "ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލުތައް ނުކުރުމަށް" ކައުންސިލުން އިލްތިމާސްކޮށް ބުނެފައިވަނީ މާލެ އަކީ ސާފުތާހިރު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ކައުންސިލުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޖަންކްޝަން ހަދާފައި ހުރީ ގެތަކެއް ހުންނަ ގޯޅިއެއްގެ ކުރިމަތީގަ އެވެ.

ރޯޝަނީ މަގަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްގެން މާލެ ސިޓީ ކައުންސިލުން ޖެނުއަރީ 26، 2020 ގައި ފަށައި ޑިސެމްބަރު 27، 2021 ގައި އަލުން ހަދާފައިވާ މަގެކެވެ. މަގު ހަދަން 462 މިލިއަން ރުފިޔާ ހޭދަކުރި އެވެ.