19 ޑިސެމްބަރ 2024 - 09:38

ރަށުން ބޭރުގައި ހުންނަވަނިކޮށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދިމާވީ ސިއްހީ މައްސަލައެއްގައި މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެނީ މައިބަދަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އިމަޖެންސީގައި ރޭ ދަންވަރު މާލެ ގެނެސް ފަރުވާ ދެމުން އަންނައިރު ހިނގާބިނގާވެ އުޅުއްވަން އުއްތަމަ ފަނޑިޔާރަށް ދައްޗެވެ.
ސުޕްރީމް ކޯޓު މިވަގުތު ރިސެސްގައި އޮތް އިރު، އުއްތަމަ ފަނޑިޔާރުން ވަޑައިގެން އުޅުއްވީ ބ. ފުޅަދޫގައި ޗުއްޓީއެއްގަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ސިއްހީ ސަބަބުތަކަށްޓައި އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ.