ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި

ކާބުލް (މާޗް 8) - އަފްޣާނިސްތާނުގެ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދޭން ފަށައިފި އެވެ.

ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި

ކާބުލްގެ ސަރުދާރު ދާއޫދު ހޮސްޕިޓަލުގެ މުވައްޒަފަކު ބުނީ ޑޮކްޓަރުންގެ ޔުނިފޯމުގައި ތިބި ބަޔަކު ކުއްލިއަކަށް ރައިފަލެއް ނަގާ ހަމަލާދޭން ފެށީ ކަމަށެވެ. ހަތަރު ސަތޭކަ އެނދުގެ ހޮސްޕިޓަލް ހުންނަނީ އެމެރިކާ އެމްބަސީއާ ކައިރީގަ އެވެ.

ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދޭން ފަށައިފި

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ވިދާޅުވީ ހުރިހާ ދީނެއްގައި ވެސް ހޮސްޕިޓަލަކީ އިހްތިރާމް ކުރާ ތަނެއް ކަމަށާއި ހޮސްޕިޓަލަކީ ހަމަލާދޭ ތަނެއް ނޫން ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ދިން ހަމަލާ އަކީ އަފްޣާނިސްތާނުގެ އެންމެންނަށް ދިން ހަމަލާއެއް ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލަށް ހަމަލާ ދިނުމުގައި އޮޓޮމެޓިކް ހަތިޔާރާ އެކު ތިނެއް ނުވަތަ ފަސް މީހުން ބައިވެރިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ބުންޏެވެ. ހަތިޔާރު އަޅައިގެން ތިބި މީހުން ވަނީ ހޮސްޕިޓަލުގެ ތިނެއް އަދި ހަތަރު ވަނަ ބުރި އެ މީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

ހޮސްޕިޓަލަށް ހަމަލާ ދޭކަން ދިފާއީ ވުޒާރާ އިން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމަށް ދިފާއީ ވުޒާރާ އިން އަދި ނުބުނެ އެވެ.