ދެ ބިލިއަނުގެ ދަރަންޏެއް އޮތަސް މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރެވޭނެ: މިނިސްޓަރު
ދެ ބިލިއަނުގެ ދަރަންޏެއް އޮތަސް މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރެވޭނެ: މިނިސްޓަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނުވަތަ 2023 ވަނަ އަހަރު ނިމުނު އިރު، މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަންގެ ދަރަނީގެ އަދަދަކީ ދެ ބިލިއަން ރުފިޔާ ކަމަށާއި އެކަމަކު، އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ދެ ބިލިއަނުގެ ދަރަންޏެއް އޮތަސް މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރެވޭނެ: މިނިސްޓަރު
ދެ ބިލިއަނުގެ ދަރަންޏެއް އޮތަސް މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރެވޭނެ: މިނިސްޓަރު

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާގްޓް ގެނައުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ކަންކަން ހިންގާފައި ވަނީ ރަނގަޅަށް ކަމަށެވެ.

ދެ ބިލިއަނުގެ ދަރަންޏެއް އޮތަސް މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރެވޭނެ: މިނިސްޓަރު
ދެ ބިލިއަނުގެ ދަރަންޏެއް އޮތަސް މޯލްޑިވިއަންގެ ހާލަތު ރަނގަޅު ކުރެވޭނެ: މިނިސްޓަރު

ނަމަވެސް އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިލެންޑް އޭވިއޭޝަން ހިންގަން ނޭނގުމުގެ ސަބަބުން 2023 ވަނަ އަހަރު ނިމުނު އިރު، އެ ކުންފުނީގެ އެސެޓުތައް ރަނގަޅަށް ނުބެލެހެއްޓި, ހަރަދުތައް އިންތިހާއަށް އިތުރުވެ، ކުންފުނި ދެ ބިލިއަނަށް ވުރެ ބޮޑު އަދަދަކުން ދަރާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"ދެހާސް ތޭވީސް ނިމުނު އިރު ކުންފުނި އޮތީ ދެ ބިލިއަނަށް ވުރެ ބޮޑު ދަރަނީގައި. މޯލްޑިވިއަން އިން މާލެ, ޗެންނާއި ޑާކާ ސެކްޓާ އޮތީ އެއްކޮށް ހުއްޓިފައި. ސީ ޕްލޭންގެ ގިނަ އެއްބަސްވުންތައް ވެސް އޮތީ ހުއްޓިފައި. ދެހާސް ތޭރައިގައި ފެށި ޗައިނާ އޮޕަރޭޝަންސް ވެސް އޮތީ ހުއްޓިފައި." މޯލްޑިވިއަންގެ އެންމެ ތަޖުރިބާކާރު އެއް ކެޕްޓަންގެ ގޮތުގައި ކުރިން އުޅުއްވި އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ އެސެޓުތައް ރަނގަޅަށް މެނޭޖު ނުކުރުމުގެ ސަބަބުން ޑޭޝް-8 ގެ ހަތަރު ބޯޓެއް ވެސް ބޭނުން ނުކުރެވޭ ހާލަތުގައި އޮތް ކަމަށެވެ.

އެ ކުންފުނީގެ ހާލަތު 2023 އަށް ފަހު އަޑި އަޅާލާފައި އޮތް ނަމަވެސް އެ ހާލަތުުން އަރައިގަނެވޭނެ ކަމަށާއި އެ މަސައްކަތް މި ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުންފުނީގެ އޮޕަރޭޝަންތައް ޑައިވާސިފައި ކުރުމަށް މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ކުންފުނި ހިންގުމުގެ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާ އެކު ނަތީޖާ ރަނގަޅުވެ، ރިކަވާ ކުރެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ ވިޔަފާރި ވަރުގަދަކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކޮށް، ވައިޑް ބޮޑީގެ އޮޕަރެޝަންތައް ފުޅާކުރުމެވެ. އަމީން ވިދާޅުވީ، މިއަދު ގެނައި އާ މަތިންދާބޯޓާ އެކު، މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުވެ، ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ހެޔޮ ބަދަލުތައް ފެންނާނެ ކަމަށެވެ.

"މި އެއާކްރާފްޓާ އެކު ބައިނަލްއަގުވާމީ މަންޒިލްތައް އިތުރުވެ, ޓޫރިސްޓުން އިތުރުވެ, ރިސޯޓް އޮކިއުޕެންސީ އާއި އެތެރޭގެ އުދުހުންތައް އިތުރުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 ބޯޓަކީ ދުރު ދަތުރުތައް ކުރުމަށް ހާއްސަކޮށް ގެނައި ބޯޓެކެވެ. މި ބޯޓުގެ ފުރަތަމަ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޗައިނާ އަށެވެ. އެ ދަތުރުތައް މި މަހުގެ ފަހުކޮޅު ފަށާނެ އެވެ.