18 ފެބުރުއަރީ 2025 - 11:42

މާލެ ސަރަހައްދުގެ ސްކޫލެއްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސަސްޕެންޑްކުރީ ސްކޫލެއްގެ އިސްލާމް ޓީޗަރެކެވެ.
އެ މައްސަލާގައި ފުލުހުން ބުނީ ސްކޫލެއްގެ ޓީޗަރަކު އެކި ދުވަސް މަތިން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިދިޔަ މަހުގެ 14 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އަދިވެސް އަންނަނީ ބަލަމުންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓީޗަރަކީ ކުއްޖާއާ އާއިލީ ގުޅުމެއް ވެސް އޮންނަ މީހެކެވެ. އަދި އޭނާ ޖިންސީ ގޯނާކުރީ ގޭތެރޭގެ މާހައުލުގައި ކަން ވެސް އެނގިފައިވެ އެވެ.