ސިފައިންގެ ނުވަ ބުރީގެ އިމާރާތް ނިންމުމަށް އެލިއާއާ ހަވާލުކޮށްފި
ސިފައިންގެ ނުވަ ބުރީގެ އިމާރާތް ނިންމުމަށް އެލިއާއާ ހަވާލުކޮށްފި

ބަންޑާރަ ކޮށީގައި އިމާރާތް ކޮށްފައިވާ ނުވަ ބުރީގެ އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމަށް 133 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެެވެ.

ސިފައިންގެ ނުވަ ބުރީގެ އިމާރާތް ނިންމުމަށް އެލިއާއާ ހަވާލުކޮށްފި
ސިފައިންގެ ނުވަ ބުރީގެ އިމާރާތް ނިންމުމަށް އެލިއާއާ ހަވާލުކޮށްފި

ކޯސްޓް ގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އަދި އެލިއާ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަތޯ އަބްދުﷲ ވަނީ އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެެވެ.

ސިފައިންގެ ނުވަ ބުރީގެ އިމާރާތް ނިންމުމަށް އެލިއާއާ ހަވާލުކޮށްފި
ސިފައިންގެ ނުވަ ބުރީގެ އިމާރާތް ނިންމުމަށް އެލިއާއާ ހަވާލުކޮށްފި

އެ އިމާރާތުގެ ނުވަ ބުރީގެ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރި އަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ވެސް ހަވާލު ކުރީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ. ދެ ވަނަ ފިޔަަވަހި ވެސް ހަވާލުކުރީ އާއްމުކޮށް އިއުލާނު ކޮށްގެން، އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް ހިސާބުގައި އާ އިމާރާތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އޭގެ ސަބަބުން ސިފައިންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންނަކީ ގައުމަަށް ދިމާވާ ހުރިހާ ކަމެއްގައި ވެސް އެންމެ ކުރީ ސަފުގައި ތިބޭ ބައެއް ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ވެސް، އާ އިމާރާތާއެކު މިހާރަށް ވުރެ ރަނގަޅު ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ދީފައިވާ މުއްދަތަށް ވުރެ އަވަހަށް އެލިއާ އިން މަސައްކަތްތައް ނިންމަމުން އަންނަކަން ފާހަގަކޮށް މިނިސްޓަރު ވަނީ އެ ކުންފުންޏަށް ޝުކުރު އަަދާކޮށްފަ އެވެެ.