06 އޯގަސްޓް 2025 - 11:38

ޑްރަގް ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައި ފާސްކޮށް، ޑްރަގް ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރުކުރި ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރީ މ. އާރު/ މުހައްމަދު ލަޔާން އަހުމަދާއި މ. މުލަކު ކޮކާހަނދުވަރު، އަލީ ނާޒިމާއި މ. މޯނިންވިއު އަލީ ނާވީ ނިޔާޒެވެ. އޭގެ ތެރެއިން ދެ މީހަކު ހަތް ދުވަހަށް އަދި އެކަކު ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ،
ޑްރަގް ވިޔަފާރި ކުރުމުގެ ތުހުމަތުގައި މާލެ އާއި އަތޮޅުތަކުން ބައެއް މީހުން ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.