ރާނީ އަކީ ދަންނަ މީހަކަށް ވެސް ކާޖޮލް ނުހެދި
ރާނީ އަކީ ދަންނަ މީހަކަށް ވެސް ކާޖޮލް ނުހެދި

މިދިޔަ ހަފުތާގައި ބޭއްވި އެޗްޓީ ސްޓައިލް އެވޯޑުގައި ކާޖޮލް އާއި ފިރިމީހާ އަޖޭ ދޭވްގަން ވެސް ބައިވެރިވި އެވެ. މި ދެމަފިރިން އިށީނދެގެން ތިބީ ރާނީ މުކަރުޖީއާ އެއް ގޮނޑި ބަރީގަ އެވެ.

މި ހަފުލާގައި ލިބުނު އެވޯޑާ ހަވާލުވުމަށް ފަހު އަޖޭ އާއި ކާޖޮލް ގަސްތުކުރީ މަޑުނުކޮށް އެތަނުން ނުކުމެގެން ދާށެވެ. އެ މީހުން ނުކުންނަން ދިޔައިރު އެ ގޮނޑިބަރީގައި ތިބި އެންމެންނާ ދިމާވި އެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރު، ސޫރަޖް ޕަންޗޯލީ، އާލިއާ ބަޓް، ޝްރައްދާ ކަޕޫރު، ސިދާރްތު މަލްހޯތުރާ އަދި ސޯނޫ ސޫދު ހިމެނެ އެވެ. އެ ގޮނޑިބަރީގައި ތިބި އެންމެންނާ ބައްދަލުކުރިއިރު ވެސް އެމީހުން ރާނީ މުކަރުޖީ އަކާ ބައްދަލެއް ނުކުރި އެވެ.

ކާޖޮލް އާއި އަޖޭއާ އެކު މި އިވެންޓަށް ގޮސް ހުރި ކާޖޮލްގެ ކޮއްކޮ ތަނީޝާ ރާނީއާ ބައްދަލުކޮށް ސަލާންކޮށް ވާހަކަ ދެއްކި ނަމަވެސް ކާޖޮލް ނުކުމެގެން ދިޔައީ ރާނީ ފެންނަ ކަމަށް ވެސް ހަދާ ނުލަ އެވެ.

ކާޖޮލް އާއި ރާނީ އަކީ ދެބެންގެ ދެދަރި ދެބެން ނަމަވެސް އެމީހުންގެ މެދުގައި އޮންނަ ރުޅިވެރިކަމާއި ހަސަދަވެރިކަމުގެ ވާހަކައަކީ ބޮލީވުޑްގައި ވަރަށް މަޝްހޫރު ވާހަކަ އެކެވެ. ނަމަވެސް ގިނަބަޔަކު ހީކުރީ ވަރަށް ގިނަ ދުވަސް ކޮށްފައި ފެނުމުން ދެ މީހުން އެކަކު ސަލާން ކޮށްލާނެ ކަމަށެވެ.

މި އިވެންޓުގައި ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް ވެސް އިނެވެ. ކަރަން އާއި ކާޖޮލް އަދި އަޖޭގެ ރުޅިވެރިކަމުގެ ވާހަކައަކީ ވެސް މި ފަހަކަށް އައިސް ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އެހެންކަމުން ޝޯގެ އޯގަނައިޒަރުންނާ ވާހަކަ ދައްކައިގެން ކަރަންގެ މެނޭޖަރާއި ކާޖޮލްގެ މެނޭޖަރު ވަނީ އެ މީހުން ބައްދަލުނުވާނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖައްސާފަ އެވެ. ދެ މީހުން އަންނަ ގަޑި އާއި ނުކުންނަ ގަޑި ވެސް ކުރިން އޮތީ ކަނޑައަޅައިފަ އެވެ.