01 ޑިސެމްބަރ 2025 - 10:07

ބ. އޭދަފުށީގައި އިއްޔެ އެ ރަށުގެ ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރު ނުވެ އޭނާގެ އަންހެން ކޮއްކޮ މިއަދު ނިޔާވެއްޖެ އެވެ.
އޭދަފުށީގެ ރަށުގެ ލޭންޑުމާކުގެ ގޮތުގައި މިހާރު ބަލަމުން އަންނަ ހިތްގައިމު މިސްކިތް ބިނާކުރެއްވި ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި އިއްޔެ ހަވީރު ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ނިޔާވި އިރު 13 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
މިއަދު އުމުރުން 85 އަހަރުގައި ނިޔާވީ މުހައްމަދުގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ އެވެ. އޭނާ ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހު އެވެ.
އައިމިނަތުގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިން ކުރިމަތިވި އެކި މައްސަލަތަކާ ހެދި އެނދުމަތިވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
"އަނެއްހެން ބަލީގައެއް ނޫން އުޅުނީ ދައްތަ އުޅުނީ. މީހުން ވެސް ވަކިކުރަން އެނގޭ." އާއިލާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ހަތަރު ކުދިންގެ މަންމަ އައިމިނަތު ނިޔާވިއިރު، އެ އާއިލާގެ ގިނަ މީހުން ތިބީ މުހައްމަދުގެ ޖަނާޒާއަށް އިންޑިއަށް ގޮހެވެ.