ގަން ކަނުއަނދިރީގައި، އެސްޓިމޭޓަކީ މިރޭގެ ދަންވަރު 12 އަށް ކަރަންޓު ފޯރުކޮށްދީ ނިންމުން
ގަން ކަނުއަނދިރީގައި، އެސްޓިމޭޓަކީ މިރޭގެ ދަންވަރު 12 އަށް ކަރަންޓު ފޯރުކޮށްދީ ނިންމުން

ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި މިއަދު މެންދުރުފަހު ރޯވެ، އެއް އިންޖީނު ހަލާކުވެ އެ ރަށުން އެއްކޮށް ކަރަންޓު ގޮސްފައިވާއިރު، ހުރިހާ ގެއަކަށް ކަރަންޓުދީ ނިންމައިލެވޭނީ މިރޭގެ ދަންވަރު 12 ޖަހާކަންހާއިރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް.ވިދާޅުވެއްޖެ އެވެ.

ގަން ކަނުއަނދިރީގައި، އެސްޓިމޭޓަކީ މިރޭގެ ދަންވަރު 12 އަށް ކަރަންޓު ފޯރުކޮށްދީ ނިންމުން
ގަން ކަނުއަނދިރީގައި، އެސްޓިމޭޓަކީ މިރޭގެ ދަންވަރު 12 އަށް ކަރަންޓު ފޯރުކޮށްދީ ނިންމުން

މިއަދުގެ މެންދުރުފަހު ތިނެއް ޖަހަނިކޮށް ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގަމު އިންޖީނުގެ ހިންގާ އިމާރާތަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. ގަމުގެ ތިން އަވަށަށް ވެސް ކަރަންޓު ދެމުން އަންނަ އިންޖީނުގޭގައި ރޯވުމުން މެންދުރުފަހުން ފެށިގެން ކަރަންޓެއް ނެތެވެ.

އެމްޑީ ނަޖާހް "މިހާރު" އަށް މިރޭ ވިދާޅުވީ، މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެނަކައިގެ ޓީމުތަކުން މިހާރު ކުރަމުން އަންނަ ކަމަށާއި އަމާޒަކީ މިރޭގެ ދަންވަރު 12 ޖަހަންވާއިރަށް މުޅި ގަމަށް ކަރަންޓުދީ ނިންމައިލުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން ހީކުރި ވަރަށް ކުޑައެވެ.

"އެއް އިންޖީނަށް ބޮޑަށް ގެއްލުން ވެފައި ވަނީ. ބޮޑަށް ގެއްލުން ވެފައި ހުރީ އިމާރާތަށް. މިހާރު މަސައްކަތް ކުރަމުން އަންނަނީ އިމާރާތް ވަގުތީ ގޮތުން ހިޔާކޮށްގެން އާންމު ހާލަތަށް ގެނެވޭތޯ. ޓީމުތަކުން ވަރަށް ބުރަކޮށް އެ އުޅެނީ،" އެމްޑީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ހައްލު ކުރެވޭ ވަރަކުން ގަމުގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދާނެ ކަމަށެވެ.

"ހުރިހާ ތަނަކަށް ކަރަންޓު ދީ ނިންމަން މި އެސްޓިމޭޓް ކުރަނީ މިރޭ ދަންވަރު 12 އަށް،" ނަޖާހް ވިދާޅުވި އެވެ.

ގަމު އިންޖީނުގޭގައި ރޯވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެމްއެންޑީއެފް ފަޔާ އަދި ފުލުހުން ގުޅިގެން ސަބަބު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީ ނަޖާހް ވިދާޅުވި އެވެ.