ހުޅުމާލެއިން ކަރަންޓު ކެނޑުނު ތަންތަނަށް އަލުން ހިދުމަތް ދޭން ފަށައިފި
ހުޅުމާލެއިން ކަރަންޓު ކެނޑުނު ތަންތަނަށް އަލުން ހިދުމަތް ދޭން ފަށައިފި

ހުޅުމާލެ އެކަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ތަންތަނަށް އަލުން ހިދުމަތް ދޭން ފަށައިފި އެވެ.

ސްޓެލްކޯ އިން ދެންމެ ބުނީ ޕްލެޓިނަމް ރެސިޑެންސްގެ ބައެއް ކަސްޓަމަރުން ފިޔަވާ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައިވާ ކަމަށެވެ.

ހުޅުމާލެ 1 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މިއަދު ހެނދުނު 9 ޖެހި ފަހުންނެވެ.

އޭގެ ފަހުން ގަޑިއިރަކަށް ވުރެ ގިނައިރުވި އިރު ވެސް ކަރަންޓުގެ ހިދުމަތް އަލުން ނުލިބެ އެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯ އިން އަދި ނުބުނެ އެވެ.

"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ.