"އަނާސް" އަކީ
ދިވެހިންނާ ރައްޓެހި, ދިވެހިންގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ. މިއީ
ރާއްޖޭގައި ބިއުޓީއަށް ލޯބިކުރާ ގިނަ ބަޔަކާ ރައްޓެހި، ގިނަ ބައެއްގެ
ޗޮއިސްއެކެވެ. މިއީ ސެލޫން ހިދުމަތްތަކާއި ފިރިހެނުންނަށް ހާއްސަ ގްރޫމިން ހިދުމަތްތަކާއި
އެސްތެޓިކް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ހަމައެކަނި
ބްރޭންޑެވެ.
"އަނާސް"ގެ "އަނާސް ސެލޫން އެންޑް ސްޕާ" އާއި
"އަނާސް ބާބާ" އަދި "އަނާސް އެސްތެޓިކް ކްލިނިކް" އަކީ މއ.
އަލިދޫގޭގައި، އެއް ފްލޯއިން އެކި ހިދުމަތްތައް ފުޅާ ދާއިރާގައި ދެމުންދާ ތިން
ބްރޭންޑެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެލޫން އަދި
އެސްތެޓިކް ހިދުމަތްތައް ފޯރުކޮށްދޭ "އަނާސް"ގެ ތިން ބްރޭންޑް މިދިޔަ
ބުރާސްފަތި ދުވަހުގެ ރޭ ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފަ އެވެ. ހަތަރު އަހަރުގެ
ކާމިޔާބީ ފާހަގަކުރުމަށް "އަނާސް"އިން ބޭއްވި އެ ހަފްލާގައި ބޮލީވުޑްގެ
ތަރި ވިންދު ދަރާ ސިންގް އާއި އޭނާގެ އަންހެނުން ދިނާ ސިންގް ވެސް ބައިވެރިވި
އެވެ. އެ ހަފްލާގައި "އަނާސް"އިން ވަނީ ބޮލީވުޑްގެ ފަންނާނު ސަނީ ލިއޯންގެ މޭކަޕް ބްރޭންޑް "ސްޓާ
ސްޓްރަކް" ވެސް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.
"އަނާސް"ގެ ހިދުމަތްތައް
މިހާރަށް ވުރެ ފުރިހަމަ އަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ސެލޫންގެ ވެބްސައިޓު ވެސް
ވަނީ ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. މިއީ ސެލޫން ހިދުމަތްތައް އޮންލައިންކޮށް
ބުކް ކުރުމަށާއި އެ ސެލޫންގައި ވިއްކާ އެކި ޕްރޮޑަކްޓުތައް އޮންލައިންކޮށް
ގަނެވޭނެ ވެބްސައިޓެކެވެ.

އަނާސް ރަސްމީކޮށް ލޯންޗުކުރަން ބޭއްވި ހާއްސަ ހަފްލާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބުޓީކެއްގެ ގޮތުގައި ބިއުޓީ ދާއިރާގެ ދަތުރު ފެށި
"އަނާސް" އަކީ މިހާރު ރާއްޖޭގައި އެންމެ ތަޖުރިބާ ހުރި ހެއާ ސްޓައިލިސްޓުން
މަސައްކަތް ކުރާ އެއް ސެލޫނެވެ. އެންމެ ޕްރިމިއަމް ބްރޭންޑުތަކުގެ
ޕްރޮޑަކްޓުތަކާ އެކު އެކި ހެއާ ޓްރީޓްމަންޓުތައް އެތަނުން ދެ އެވެ. އެ ތަނުގެ
ހެއާ ޑިރެކްޓާ އެމްއެޗްޑީ ސަލީމް އަކީ ދާއިރާގެ 25 އަހަރުގެ ތަޖުރިބާ ހުރި
ސްޓައިލިސްޓެކެވެ. އޭގެ އިތުރުން އަނާ ސެލޫންގެ ސީނިއާ ސްޓައިލިސްޓް މުހައްމަދު
މަމްދޫހު (މައިކް) އާއި ސީނިއާ ހެއާ ސްޓައިލިސްޓް އަދި މޭކަޕް ޑިރެކްޓާ ހަސްނާ ހަސަން
އަކީ ވެސް ގިނަ ދުވަސްތަކެއްގެ ތަޖުރިބާއާ އެކު ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ
ސްޓައިލިސްޓުންނެވެ.

އަނާސް ރަސްމީކޮށް ލޯންޗުކުރަން ބޭއްވި ހާއްސަ ހަފްލާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަނާސް ސެލޫން"ގައި ސިކުނޑިއަށް ލުއިކޮށްލައި، ގައިގެ އެކި ރިހުންތައް ކުޑަކޮށްދޭނެ އެކި ސްޕާ ހިދުމަތްތައް ހުރެ
އެވެ. އަދި އެ ސެލޫންގެ އެސްތެޓިޝަނުންނާއި ތެރަޕިސްޓުންނަކީ ހަމުގެ އެކި
މައްސަލަތަކަށް ދޭ އެކި ހިދުމަތްތައް ދިނުމުގައި ގާބިލު ބައެކެވެ. މޫނުގައި ބިހި ނެގުމުގެ މައްސަލައަށް ބޭނުންވާ ހައްލުތަކުން ފެށިގެން ސެންސިޓިވް ހަމަށް ބޭނުންވާ އެކި "ޑރ.
ބެލްޓާ" ފޭޝަލްތައް އެތަނުން ހަދައިދެ އެވެ.
"އަނާސް"ގެ އެންމެ
ހާއްސަ ބްރޭންޑް "އަނާސް އެސްތެޓިކް ކްލިނިކް" އަކީ ރާއްޖޭގައި މެޑިކަލް
ގްރޭޑުގެ ބިއުޓީ ހިދުމަތްތައް ދޭ ތަނެކެވެ. ކޮސްމެޓިކް އެކި ހިދުމަތްތައް ދޭ އެ
ކްލިނިކުގައި ތަޖުރިބާކާރު ޑރ. ރާބިއާ ހާން ދަނީ ޑާމަޓޮލޮޖީ އާއި ސްކިން
ކަރެކްޝަންގެ ހިދުމަތްތައް ދެމުންނެވެ. އަދި އެތަނުގައި ޑރ. އިރުފާނާ ޝަރަޖްދީން
ދަނީ "ކޮސްމެޓިކް ގައިނޮކޮލޮޖީ"ގެ ނޮން-ސާޖިކަލް އަދި ރެސްޓޮރޭޓިވް
ޕްރޮސީޖާތައް ހަދައިދެމުންނެވެ.

އަނާސް ރަސްމީކޮށް ލޯންޗުކުރަން ބޭއްވި ހާއްސަ ހަފްލާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"އަނާސް އެސްތެޓިކް"
ކްލިނިކަކީ ރާއްޖޭގައި އާއްމު އެކި ހަމުގެ ފަރުވާތައް ދޭ ތަނެކެވެ. އެގޮތުން
އެކްނީ ސްކާރިން އާއި ބިހި ނެގުމާއި ޑިސްކަލަރޭޝަން ފަދަ އެކި މައްސަލަތަކަށް
އެތަނުން ފަރުވާ ދެ އެވެ. އެތަނުން ފަރުވާދީފައިވާ މީހުންގެ ޕްރޮގްރެސް އެ ތަނުގެ ސޯޝަލް
މީޑިއާއިން ފެންނާނެ އެވެ.
"އަނާސް އެސްތެޓިކް
ކްލިނިކް" އަކީ ހެއާ ޓްރާންސްޕްލާންޓުގެ ހިދުމަތް ވެސް ދޭ ތަނެކެވެ. އެ ތަނުން
މި ހިދުމަތް ދެނީ ތުރުކީގެ "ހެއާ ޓްރާންސަސް" ކްލިނިކާ ގުޅިގެންނެވެ. އެ
ކްލިނިކަކީ ދުނިޔޭގައި 30,000އަށް ވުރެ ގިނަ ހެއާ ޓްރާންސްޕްލާންޓު ކާމިޔާބުކަމާ
އެކު ފުރިހަމަކޮށްފައިވާ ތަޖުރިބާ ހުރި ކުންފުންޏެކެވެ. "އަނާސް"އިން މި
ހިދުމަތް ދެނީ "އެފްޔޫއީ" އަދި "ޑީއެޗްއައި" ޓެކްނީކު
ބޭނުންކޮށްގެންނެވެ.
"އަނާސް"އިން ރާއްޖޭގެ
ބިއުޓީ އިންޑަސްޓްރީ އިތުރު ހަރުފަތަކަށް ގެންގޮސްފައިވާއިރު, އެ ސެލޫންއިން
އަމާޒު ހިފާފައި ހުރީ މިހާރަށް ވުރެ ވެސް ހިދުމަތްތައް ފުޅާކޮށް ފުރިހަމަކުރުމަށެވެ.