އިންޑިއާގެ މައްޗަށް 5-0 ގެ ނަޔީޖާއަކުން މޮޅުވެ،
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދުމުގެ އުއްމީދު ރާއްޖޭން ބޮޑުކޮށްފި އެވެ.

މެޗުން މޮޅުވެ ރާއްޖޭން ވަނީ އެއްވަނައިގައި ދެ
ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ރާއްޖޭން ވަނީ
ނުވަ ޕޮއިންޓް ހޯދާފަ އެވެ.

ރާއްޖޭގެ ފަހަތުން ދެވަނައިގައި އޮތީ ޕާކިސްތާނެވެ.
މިއަދު ނޭޕާލާ އެއްވަރުކޮށް ޕާކިސްތާނުން ވަނީ ޖުމުލަ ހަތް ޕޮއިންޓް ހޯދާފަ އެވެ.

މުބާރާތުގައި އަދި މިހާތަނަށް އިންޑިއާ އަށް މެޗަކުން މޮޅެއް ނުވެވެ އެވެ. ކުޅުނު ހަތަރު މެޗުން އިންޑިއާ އަށް ލިބުނީ ދެ ޕޮއިންޓެވެ.