ރޯދަ މަހަށް ހާއްސަކޮށްގެން ކެއްކުމުގެ މުބާރާތެއްގައި ހެރިޓޭޖް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ބުނީ ރޯދައަށް ހާއްސަ ކާބޯތަކެތި ތައްޔާރުކުރާ މުބާރާތުގައި އަންނަ ބުދަ ދުވަހުގެ ކުރިން ބައިވެރިވެވޭނެ ކަމަށެވެ. އަދި އެކަމަށް ހާއްސަޕޯޓަލެއްވަނީ ތައާރަފްކޮށްފަ އެވެ.
އެ މުބާރާތަށް އިންސާފުކުރަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ.
މިނިސްޓްރީން ވަނީ އެ މުބާރާތުގައި ބައިވެރިކުރެވިދާނެ ބާވަތްތައް ހިމެނޭ ލިސްޓެއް ނެރެފަ އެވެ. އޭ ލިސްޓްގައިވާ ގޮތުން؛
- ހަވާދުގެ ބާވަތްތައް
- އަސާރަ/ މުރުއްބާ
- ކެއްކި ފަނި/ކަނދި
- ސަޓަނި/މަސްހުނި/ ބޮނޑިބަތް
- ހެދިކާ
އެ މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗް ސެކްޝަންގެ ނަމްބަރު، 7699595 އަށް ގުޅަން ވަނީ އެދިފަ އެވެ.