ދިރާގު
ޕްރީޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން، ކޮންމެ ރީލޯޑަކާއެކު ހިލޭ ޑޭޓާ އާއި
އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ އެ ޕްރޮމޯޝަނުގައި ކޮންމެ ރީލޯޑަކަށް 20 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ. އަދި ދިރާގުއެޕް
މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ
ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް އެއް ޓީބީގެ ޑޭޓާ ނުވަތަ 10 ޑޮލަރުގެ
ސްޕޮޓިފައި ގިފްޓް ކާޑެއް ނުވަތަ 25 ޑޮލަރުގެ އެމެޒޯން ގިފްޓް ކާޑެއް ލިބޭނެ އެވެ. އެ ގުރުއަތުގައި ލިބޭ އެއް ޓީބީ ޑޭޓާ
28 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭނެ އެވެ.
އެ ޕްރޮމޯޝަންގެ މުއްދަތުގައި ރިލޯޑްކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް
ބޯނަސް ޑޭޓާ އެކްޓިވޭޓް ކުރުމަށް ބޭނުންވާ އެސްއެމްއެސް ލިބޭނެ އެވެ. އެ މެސެޖު ލިބޭތާ ތިން ދުވަހުގެ ތެރޭގައި ބޯނަސް ޑޭޓާ ކްލެއިމް ކުރެވޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ލިބޭ ގިފްޓް ކާޑުތައް ތިން މަސް
ދުވަހުގެ ތެރޭގައި ރިޑީމްކޮށް ބޭނުންކުރެވޭނެ އެވެ.
އެ ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ
ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި
އިތުރު ލުއިފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ދިރާގުން
ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.