ދިރާގުން
ސެމްސަން ގެލެކްސީ ވޮޗް އަލްޓްރާ ވިއްކަން ފަށައިފި އެވެ.

މިއީ ސެމްސަންގުގެ ސްމާޓް ވޮޗްގެ ތެރެއިން އެންމެ ފަހުގެ ސްޕޯޓްސް ފީޗާތައް ހިމަނައިފައިވާ،
ސެލިއުލާ ހިދުމަތް ވެސް ލިބޭ ސްމާޓް ވޮޗްއެކެވެ.

ދިރާގުން ބުނީ މި ސްމާޓް ވޮޗްގައި ދިރާގުގެ ސެލިއުލާ ވެއަރަބަލް ހިދުމަތް ކަމުގައިވާ "ވަން ނަމްބާ" މެދުވެރިކޮށް ސެލިއުލާ އީ-ސިމް އެކްޓިވޭޓު ކުރެވޭނެ ކަމަށެވެ. އެ ހިދުމަތުގެ އެހީގައި ފޯނު ކައިރީގައި ނެތަސް އަދި ފޯނު ނިވިފައި އޮތަސް ސްމާޓްވޮޗުން ކޯލްތަކަށް ޖަވާބުދީ، މެސެޖް ފޮނުވުމުގެ އިތުރުން، މޮބައިލް ޑޭޓާ ވެސް ބޭނުން ކުރެވޭނެ އެވެ. 

ދިރާގު ވަން ނަމްބަރު ހިދުމަތް ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާ
2 އަދި ގެލެކްސީ ވޮޗް އަލްޓްރާ 3 ގައި ބޭނުންކުރެވޭނެ އެވެ. ދިރާގުން މި ވަގުތު ލިބެން ހުރި ގެލެކްސީ
ވޮޗް އަލްޓްރާ 3 މިހާރު ދިރާގު ވެބްސައިޓް މެދުވެރިކޮށް ގަނެވޭނެ އެވެ. އެ ގަޑި އިންސްޓޯލްމަންޓް ޕްލޭނަށް ޝަރުތު ހަމަވާ
ކަސްޓަމަރުންނަށް، މަހަކު 759ރ. ދައްކާގޮތަށް ވެސް ގަނެވޭނެ އެވެ. 

"ދިރާގު
ވަން ނަމްބާ"  ހިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑްގެ ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ ޕްލޭންތައް ބޭނުންކުރާ ހުރިހާ
ކަސްޓަމަރުންނަށާއި ޓްރެވަލާ ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް، ސެމްސަންގް ގެލެކްސީ ވޮޗް އަލަޓްރާ މެދުވެރިކޮށް، މިހާރު ބޭނުން ކުރެވޭނެ އެވެ.   

މި ހިދުމަތް'ގެލެކްސީ ވެއަރަބަލް' އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ގަޑި ފޯނާ ގުޅުވައި، އައިޑެންޓިޓީ
ވެރިފައިކުރުމަށް ފަހު އީ-ސިމް ޕްރޮފައިލް ގަޑިއަށް ޑައުންލޯޑް
ކުރެވޭނެ އެވެ. މި މަރުހަލާ ފުރިހަމަވުމުން، ހިދުމަތް ކާމިޔާބުކަމާ އެކު އެކްޓިވޭޓްވިކަން އެސްއެމްއެސް މެދުވެރިކޮށް އަންގައިދޭނެ އެވެ. 

ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ޒަމާނީ ޓެކްނޮލޮޖީގެ
އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ހައްލުތަކެއް ހޯދައިދީ،
މުއާމަލާތްކުރުމުގައި އިތުރު ފަހިކަމެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އޭގެ އިތުރުން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ވެސް ދިރާގު ވަން ނަމްބަރު ހިދުމަތް ވަރަށް އަވަހަށް ތައާރަފުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.