އެމެރިކާ ސިފައިންގެ އެފް-15 ގެ ޖެޓެއް ކުވައިތަށް ވެއްޓިއްޖެ އެވެ. 

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކަށް އީރާނުން ވެސް ކުވައިތާއި ސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ހަމަލާ ދެމުންދޭ ވަގުތެއްގައި މި ޖެޓް ވެއްޓުނު ސަބަބެއް އަދި ނޭނގެ އެވެ. 

އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ޖެޓްގެ ދެ ޕައިލެޓް ވަނީ އެ ވެއްޓުމުގެ ކުރިން، އިޖެކްޓުކޮށް، ސަލާމަތްވެފަ އެވެ. 

ޖެޓް ވެއްޓުމާ އެކު އެ ސަރަހައްދަށް އިމަޖެންސީ ޓީމުތައް ގޮސް މުޅި ސަރަހައްދު ބަލަހައްޓަން ފަށައި ޕައިލެޓަށް އެހީވާން ފަށާފައިވާ ކަމަށް ވެސް ބުންޏެވެ. 

ވެއްޓުނު އެފް-15 ސްޓްރައިކް އީގަލް އަކީ ވައިގެ ސުޕީރިއަރިޓީ އާއި ސްޓްރައިކް މިޝަންތަކަށް ބޭނުންކުރާ ޒަމާނީ ފައިޓަ ޖެޓެކެވެ.

އީރާންގެ ރައްދު ހަމަލާތަކުގައި މިއަދު ހެނދުނު ކުވައިތަށް ހަމަލާތަކެއް ފޮނުވާލުމާ އެކު ކުއްލި ހާލަތަށް ދިޔަތާ އިރުކޮޅެއް ފަހުން، އެ ގައުމުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ދުން އަރާތަން ވަނީ ފެނިފަ އެވެ.