ދިރާގުގެ "ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 31 ވަނަ ދުވަހު ހަމަވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
މިއީ އެ ޕްރޮމޯޝަނަށް އެންރޯލް ކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ. ދިރާގުން ބުނީ އެ ޕްރޮމޯޝަނަށް ކުރިން އެންރޯލްކޮށްފައިވާ ކަސްޓަމަރުންނަށް ވެސް ދެވަނަ ބޯޓު
ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ ޕްރޮމޯޝަނުގެ ދެވަނަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ
ހޮވަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު އެވެ.
އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އަލްޝާލީ މެރިން ކެނެރީ 28
މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެއް، ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު
ލިބޭނެ އެވެ. އެ ބޯޓު ލިބުނު ފުރަތަމަ ނަސީބުވެރިޔާ މިދިޔަ ޖެނުއަރީ މަހު ވަނީ ހޮވައިފަ އެވެ.
އޭރު އެ ސްޕީޑްބޯޓު ލިބުނީ އަބްދުﷲ ސައީދު ކިޔާ މީހަކަށެވެ.
ދިރާގުން ދޭ ސްޕީޑްބޯޓަކީ ވޯޓާސްޕޯޓްސް ކުޅިވަރުތަކާއި ކުރު ދަތުރުތައް ކުރުމުގައި ބޭނުން ކުރެވޭނެ އެއްޗެކެވެ.
ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓު" ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.