ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މަައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ބަޓިކް އެއާގެ ފްލައިޓުގެ ތެރޭގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން އެ ފްލައިޓްގެ އޮޕަރޭޝަނަށް ބުރޫއަރައިފަ އެވެ. އަދި ކެބިން ކްރޫންނާއި ފަސިންޖަރުންނަށް އެމީހާގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން ހިންގަމުންދާއިރު، އިތުރު މައުލޫމާތެއް ނުދެ އެވެ.
ހަމަނުޖެހުން ހިންގީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް ނޭނގެ އެވެ.