ނ. އަތޮޅުގެ ރިސޯޓެއް ކަމަށްވާ ސޮނެވާ ޖާނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއަކުން ފެންނަ ގޮތުން، ބޮޑު އަލިފާންގަނޑެއް ރޯވެފައި ވަނީ އެ ރިސޯޓްގެ މޫދު ކޮޓަރިތަކެއްގަ އެވެ.
ފުލުހުން ބުނީ ނ. އަތޮޅުގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ރިސޯޓްގައި ރޯވި އަލިފާން ނިއްވަން އެ ރިސޯޓްގެ މުވައްޒަފުންނާއި ސިފައިންނާއި ފުުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.