އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން "ވަން ޑޭ މޯ" ގެ
ޕްރޮޑަކްޓް ރޭންޖް ބާޒާރަށް ނެރެ ވިއްކަން ފަށައިފި އެވެ.

ޔޫރަޕްގެ މަޝްހޫރު އެ ބްރޭންޑުގެ އުފެއްދުންތައް އެސްޓީއޯއިން ތައާރަފްކުރީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އެ ހަފްލާ
ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރު އައިޝަތު
ޝިފާނާ ވަޖީހެވެ. އެ ހަފްލާގައި ޝިފާނާ ވަނީ އެ ޕްރޮޑަކްޓްތަކާ ގުޅޭ ސިއްހީ ފައިދާތަކުގެ
މައުލޫމާތު ދެއްވައިފަ އެވެ.

އެސްޓީއޯއިން ތައާރަފްކުރި "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތައް --- ފޮޓޯ/އެސްޓީއޯ

އެސްޓީއޯއިން ތައާރަފްކުރި "ވަން ޑޭ މޯ" ގެ ޕްރޮޑަކްޓްތައް --- ފޮޓޯ/އެސްޓީއޯ

'ހެލްތީ،
ނެޗުރަލް، ޕްރިމިއަމް ބްރެކްފަސްޓް ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ "ވަން
ޑޭ މޯ" ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ އާއި މޫސްލީ އާއި އޯޓްމީލާއި ޕޮރިޖް
އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާ ގަޑިއަށް ހާއްސަ އަދި ދުވަހުގެ އެހެން
ގަޑިތަކުގައި ވެސް ކާލެވޭނެ މީރު އުފެއްދުންތަކެއް ކަމަށެވެ. އަދި އެއީ ދުޅަހެޔޮ ކެއުންތަކަށް އިސްކަން ދޭ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ކެއުންތަކަށް ވެސް އިތުރު
ކޮށްލެވޭނެ ހަށިގަނޑަށް ފައިދާ ހުރި އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. 

އެސްޓީއޯއިން "ވަން ޑޭ މޯ"ގެ އުފެއްދުންތައް އަލަށް މާކެޓަށް ތައާރަފް ކުރުމާ ގުޅިގެން އެ ކުންފުނިން ވަނީ އެ ބްރޭންޑުގެ އުފެއްދުންތަކުން ދެ ހަފްތާގެ މުއްދަތަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. 

'ވަން
ޑޭ މޯ' ގެ ހުރިހާ ޕްރޮޑަކްޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި
ހުޅުމާލެ ފޭސް 1 އައުޓްލެޓުން ލިބޭނެ އެވެ.