ފަހި ދިރިއުޅުން ކޯޕަރޭޝަން(އެފްޑީސީ) ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށް، ހިލޭ 5ޖީ ޓާބޯ ރައުޓާ ލިބޭ ޕްރޮމޯޝަނެއް
ދިރާގުން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން 749ރ. އިން ފެށިގެން މަތީގެ ދިރާގު 5ޖީ ޓާބޯ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ
ކަސްޓަމަރުންނަށް 5ޖީ ޓާބޯ ރައުޓާ ހިލޭ ލިބޭނެ އެވެ.

ދިރާގުން ބުނީ މިއީ އަލަށް ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކަށާއި، އާ
ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ހަރަދަކާ ނުލައި ހައި-ސްޕީޑް
ވައިފައިގެ ހިދުމަތް ފަސޭހަކަމާ އެކު ގާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް
ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. 

ދިރާގު 5ޖީ ޓާބޯ ހިދުމަތަކީ
ސްޓްރީމް ކުރުމާއި، ގޭމް ކުޅުމާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިތުރުން ޑިޖިޓަލް
ހުރިހާ ބޭނުންތަކަށް ބޭނުންވާ ހަލުވި ސްޕީޑާއި އިތުބާރު ހުރި ކަނެކްޝަން ކަށަވަރުކޮށްދޭ
ހިދުމަތެކެވެ. ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ހިދުމަތާއެކު ހިލޭ ލިބޭ
ރައުޓަރުގެ އެހީގައި 5ޖީ ކަނެކްޓިވިޓީގެ ފައިދާތައް ވަގުތުން ލިބޭނެ އެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ
ކަސްޓަމަރުންނަށް ދިރާގު މައި އެކައުންޓް މެދުވެރިކޮށް ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ. އޭގެ އިތުރުން ކޮންމެ ދުވަހަކު ހަވީރު 4އިން ރޭގަނޑު 8އަށް އެފްޑީސީ ޓަވަރުތައް ކައިރީގައި ދިރާގުގެ ޓީމުތަކުން ހަރަކާތްތެރިވާނެ އެވެ. އަދި އެ ސަރަހައްދުގައި ހުންނަ ދިރާގު ޓެންޓުތަކުން
ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.