އއ. ހިމަންދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ރޭ އުޅުނު ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. 

ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އަހުމަދު އާސިފް މަރުވެފައި އޮއްވާ ރޭ ދަންވަރު ފެނުނީ ހިމަންދޫގެ މޫދުން ކަމަށް އެނގިފައި ވެ އެވެ. 

އޭނާ މަރުވި ސަބަބު އަދި ސާފުނުވި ނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނީ، އާސިފް ފާހާނާއަކަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެން ހޯދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވާ ކަމަށެވެ. 

އާސިފަކީ ހިމަންދޫގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެކެވެ. އޭނާ މަސައްކަތް ކުރަނީ މާލޭގައި ޑްރަގް އެންފޯސްމަންޓު ޔުނިޓުގަ އެވެ.