ގްލޮކޯމާ ބައްޔަށް
ހާއްސަ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އަދުނާން އިސްމާއިލް އައި ކެއާ ހޮސްޕިޓަލުގައި ފަރުވާ ދެއްވަން ފައްޓަވައިފި އެވެ.

ޑރ. އަލްމާސް
އައި ކެއާއާ ގުޅިވަޑައިގަތީ، ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓެއްގެ
ގޮތުގަ އެވެ.
ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޝަން އައި ހޮސްޕިޓަލުން
ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަ ކުރައްވާފައިވާ ޑރ. އަލްމާސް ވަނީ "މިނިމަލީ އިންވޭސިވް
ގްލޮކޯމާ ސާޖަރީ" އަދި ފެކޯއެމަލްސިފިކޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ތަމްރީނުތައް
ފުރިހަމަކުރައްވައިފަ އެވެ.

އިންޓަނޭޝަނަލް ކައުންސިލް އޮފް އޮފްތަލްމޮލޮޖީ އިމްތިހާނުގެ ދެ
ބައި ވެސް ކާމިޔާބު ކުރައްވާފައިވާ  ޑރ. އަލްމާސްއަށް ދެއްކޭނީ އައި ކެއާ ހޮސްޕިޓަލްގެ
ހުޅުމާލެ އެނެކްސް އިންނެވެ. 

ގްލޮކޯމާއަކީ ދުނިޔޭގެ
ނިސްބަތުން ވެސް، ލޮލުގެ ފެނުން ދާއިމީކޮށް ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.
"ދި ސައިލެންޓް ތީފް އޮފް ސައިޓް" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބައްޔަކީ، އެއްވެސް އަލާމާތެއް
ނުފެނި މަޑުމަޑުން ފެނުން ދަށްވަމުން ގޮސް، ބޮޑުބައެއް ގެއްލޭއިރު ވެސް ނޭނގި އޮވެދާނެ
ބައްޔެކެވެ. 

ޑރ. އަލްމާސް އަށް ދެއްކުމަށް
ބޭނުންވާ ވަނަ އައި ކެއާ ހޮސްޕިޓަލުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއެޕް ނުވަތަ ވައިބަ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އެވެ.