ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން
މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26) ގެ އެކްސްލޫސިވް ބޭންކިން ޕާޓްނަރެއްގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއީ އަންނަ މަހުގެ 14 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ ދުވުމެކެވެ. އެގޮތުން އެ ދުވުމުގައި 2،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެ އެވެ. އަދި އެ ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ހާފް މެރަތަން އާއި 15 ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުމާއި 5 ކިލޯމީޓަރު ފަން ރަން އާއި 5 ކިލޯމީޓަރު
ވީލްޗެއާ ރޭސްގެ އިތުރުން ކިޑްސް މައިލް އަދި ފެމިލީ ރަން އެވެ.
އެ ދުވުމުގެ ހަރަކާތުގެ އިތުރުން އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް އެކްސްޕޯއެއް ހުޅުމާލޭ ރަނިން ޓްރެކް ގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް
11 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެޗްއެމް26 އަށް ރަޖިސްޓްރީކޮށްގެން
ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ދަ ރީފް ކެމްޕޭންގެ ދަށުން މިއަހަރު އެ ފައިސާ
ހަދިޔާކުރަން ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާ ކުރާނެ އެވެ.