19 އެޕްރީލް 2017 - 21:04

ތ. އަތޮޅުގެ ދެ ރަށެއްގައި ތައްޔާރުކުރި ރާއްޖޭގެ ސަގާފީ ބައެއް ކަންކަން ދައްކުވައިދޭ ދެ މައިޒާނެއް ޕްރޮފެސަރު ހަސަން އުގެއިލް ހުޅުވައިދެއްވައިފި އެވެ.

އިއްޔެ ތ. ވޭމަންޑުއަށް ވަޑައިގެން އުގެއިލް ވަނީ އެ ރަށުގެ އަތޮޅު ކައުންސިލްގައި ހަދާފައިވާ "ވާރުގޭ" މައިޒާން ހުޅުވައިދެއްވައިފަ އެވެ. އަދި މިއަދު ހަވީރު ވަންދޫއަށް ވަޑައިގެން ހުޅުއްވައިދެއްވީ "މަރިޔާދު ތުނޑި" އެވެ. މި ދެ މައިޒާނުގައި ވެސް ދައްކުވައިދެނީ، ސަގާފީ އަދި ދިވެހިންގެ އިހުގެ ދިރިއުޅުމުގެ ބައެއް ކަންކަމެވެ.

މި ދެ ރަށަށް ވަޑައިގެންނެވުމުން އުގެއިލަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

ރޭ ވޭމަންޑޫގައި އުގެއިލްގެ ޕަބްލިކް ޓޯކް ޝޯއެއް ވެސް އޮތެވެ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އެ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަން

ކައުންސިލުން ފާހަގަކުރި އެވެ. ރޭގެ ޓޯކް ޝޯގައި އުގެއިލް ވަނީ ޝައުގުވެރިކަމާ އެކު ދިރިއުޅޭ މީހަކަށް ވުމާއި ދުޅަހެޔޮ ދިރިއުޅުން، ސައިންސާއި ޓެކްނޮލޮޖީ އަދި ފަހި ވިސްނުމުގެ މީހަކަށް ވުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ.
އުގެއިލްގެ މި ދަތުރުގައި ސްކޫލުތަކުގެ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ ބައްދަލުކޮށް ތަފާތު މައުލޫމާތުތައް ދެއްވާނެ ކަމަށް، މިކަން އިންތިޒާމުކުރި ފަރާތުން ބުންޏެވެ.
މިިދިޔަ ހޯމަ ދުވަހުގެ ރޭ ގދ. ތިނަދޫގައި ވެސް އުގެއިލްގެ ޓޯކް ޝޯއެއް ބާއްވާފައިވެ އެވެ. އެ ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.