މުސާރައިގެ ގޮތުގައި މަހަކު 60،000ރ. ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާސަންދަ މިހާރު ދެނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަގީރު މީހާއާ މެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖު ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން، 65،000ރ. އަށް ވުރެ ބޮޑު މުސާރައެއް ލިބޭ މީހުންނަށް އާސަންދަ ލިބޭނީ "ކޯ-ޕޭ"ގެ އުސޫލުން ކަމަށާއި އާސަންދައިގެ ފުލް ކަވަރޭޖު ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ބަދަލާ އެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ.
"އެހެންވީމާ މުއްސަނދިންނާއި، އިންކަމް ޓެކްސް ޕޭކުރާ ފަރާތްތައް މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ. އެހެންވީމަ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، 60،000ރ. ލިބޭ މީހުންނަށް އާސަންދަ ފުލް ކަވަރޭޖު ނުލިބޭ ގޮތަށް ހެދުމުގެ އުސޫލު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
ތަފުސީލު އަންނަނީ...