ސްކޫލްތަކުގެ މިޑް
ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ހާއްސަކޮށްގެން އައިކެއާގެ ހުރިހާ
އައުޓްލެޓްތަކެއްގައި ނަންބަރު އައިނު ފްރޭމްތަކުން 25 ޕަސެންޓުގެ ބޮޑު
ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަން
ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިއީ ސްކޫލް ޗުއްޓީގައި ދަރިވަރުންގެ ލޮލުގެ ޓެސްޓުތައް ހަދައި، ސްކޫލްތަށް
ހުޅުވުމުގެ ކުރިން އައިނު އާ ކޮށްލަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް
ލިބިގެންދާނެ ރަނގަޅު ފުރުސަތެއް ކަމަށް އައިކެއާއިން ބުންޏެވެ.
މި އޮފާގައި ބައިވެރިވެވޭނީ ސްކޫލްތަކާއި ކޮލެޖްތަކުގެ އުމުރުން 25 އަހަރުން ދަށުގެ ދަރިވަރުންނަށެވެ. ޑިސްކައުންޓް ލިބޭނީ އައިނު ބޭނުންކުރާ ދަރިވަރު އައިކެއާގެ
އައުޓްލެޓަށް ހާޒިރުވެގެންނެވެ. އަދި އުމުރުން 18 އަހަރުން މަތީގެ
ދަރިވަރުން ޑިސްކައުންޓް ހޯދުމަށް ސައްހަ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ
ކިޔަވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ އެވެ.
މި ޕްރޮމޯޝަނުގައި 25 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި
ފްރޭމްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ދަރިވަރަކަށް އެއް ފްރޭމަށް ވުރެ ގިނަ
ފްރޭމް ވެސް ޑިސްކައުންޓް އަގުގައި ގަތުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕްރޮމޯޝަން
އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށްދާނެ އެވެ.