ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ
ގޭމިން އިވެންޓު، "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް
(ޑީއެމްޖީސީ) 2026" އަންނަ މަހުގެ 26 އިން 28 އަށް ބާއްވަން ނިންމާފައިވާ ކަމަށް ދިރާގު ގޭމާސް ގިލްޑް އިން އިއުލާން ކޮށްފި އެވެ.
މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ކަލާފާނު
ސްކޫލުގަ އެވެ. ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ)
އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ
ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު
ދައްކާލުމަށް ދޭ ފުރުސަތެކެވެ.
މި މުބާރާތަކީ ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ބޮޑު ގޭމިން އީދެއްގެ ގޮތުގައި ޑީޖީޖީ އިން ސިފަކުރެ އެވެ.
މި ހަރަކާތުގައި މޯބައިލް، ޕީސީ އަދި ކޮންސޯލް
ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތައް ކުރިއަށް ދާނެ އެވެ. އެގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް
ބޭންގް ބޭންގް، އަދި ރޮކެޓް ލީގްގެ ފޯރިގަދަ ފައިނަލް މެޗުތައް އޮންނާނެ އެވެ.
އެ ގޭމްތަކުގެ އިތުރުން އީއޭ ސްޕޯޓްސް އެފްސީ 27 އަދި ޓެކެންގެ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޑީޖީޖީ އިން ބުންޏެވެ.
މުބާރާތްތަކުގެ އިތުރުން އެ އިވެންޓުގައި
މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް އޮންނާނެ އެވެ. މީގެ ތެރޭގައި
ވާޗުއަލް ރިއަލިޓީ، ރޭސިން ސިމިއުލޭޓާ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމު، "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީއެންޑްޑީ)" ފަދަ ގޭމުތައް ތަޖުރިބާކުރުމުގެ ފުރުސަތު، ބައިވެރިންނަށް ލިބޭނެ އެވެ.
ދިރާގުން މިދިޔަ އަހަރު ބޭއްވި ދިޔަ އަހަރު ބޭއްވި ގޭމިން ކޮންކުއެސްޓު މުބާރާތްތަކުގައި ރާއްޖޭގެ އެކި
ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އެވެ. މި އަހަރުގެ
މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000ރ. ގެ ބޮޑު ފައިސާގެ އިނާމަކާ އެކު އެވެ.
މިއީ ދިރާގުގެ ގޭމިން ޕްލެޓްފޯމް، ޑީޖީޖީ އިން ބާއްވާ އެންމެ ބޮޑު ގޭމިން ހަރަކާތެވެ.