މިހާރުގެ ރެސިޕީ: ފިހުނު މަސް
މިހާރުގެ ރެސިޕީ: ފިހުނު މަސް

350 ގުރާމު ކަނޑުމަސް (*ކަނޑުކުކުޅަށް ކަފާހެން ކަފައިފައި ލޮނުކޮޅެއް ހާކައިފައި)

10 ހިކިމިރުސް

10 ފުއް އަސޭމިރުސް

1 ފިޔާ (އާދައިގެ)

2 ލޮނުމެދު

½ ސައިސަމުސާ ދިރި

½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮޅި (މުގުރި)

1 ހިކަނދިފަތް

1 މޭޒުމަތީސަމުސާ ތެޔޮ

1 މޭޒުމަތީސަމުސާ ލުނބޯހުތް

ގިތެޔޮމިރުސްކޮޅެއް، ލޮނު

ހިކިމިރުސް، އަސޭމިރުސް، ގިތެޔޮމިރުސްކޮޅު، ދިރި، ފިޔާ، ލޮނުމެދު، ހިކަނދިފަތް، ފޮނިތޮށިކާފޫރުތޮޅި އެޅުމަށް ފަހު މިކްސްޗަރުން ރާޅުކޮށް ފުނޑާލުން. އޭގެތެރެއަށް ލޮނު، ތެޔޮ، ލުނބޯހުތް އަޅައިފައި ރަނގަޅަށް އެއްކޮށްލުން.

މަސްކޮޅުގައި ރަނގަޅަށް މިރުސް ހާކައިފައި، މަތިޖެހޭ އެއްޗެއްގެ ތެރެއަށް ލުމަށް ފަހު އައިސްއަލަމާރީގައި (ގަނޑުކުރާ ބަޔަކު ނޫން) ބެހެއްޓުން. 20 މިނެއްޓު ފަހުން ނަގައިފައި، އުލަށް ޖަހައިފައި، (250 ޑިގްރީގައި 10 މިނެއްޓު ވަންދެން ބަހައްޓައިފައި ހުރި) އަވަނަށް ލުން. 250 ޑިގްރީގައި އެއް ގަޑިއިރުން މި މަސް ފިހެވޭނެ.

މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.