ރަންބީރު ސަންޖޭ ދަތުގެ ސިފަ ޖެހިފައި ހުރި ފޮޓޯ ލީކުވެއްޖެ
ރަންބީރު ސަންޖޭ ދަތުގެ ސިފަ ޖެހިފައި ހުރި ފޮޓޯ ލީކުވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ މިހާރު އުފައްދަމުން އަންނަ، ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ސަންޖޭ ދަތުގެ ރޯލު ކުޅޭ ރަންބީރު ކަޕޫރު ސަންޖޭގެ ސިފަ ޖެހިގެން ހުރި ފޮޓޯތަކެއް މީޑިއާއަށް ލީކުވުމުން ހިރާނީ ހިތްހަމަނުޖެހިއްޖެ އެވެ.

ރަންބީރު ސަންޖޭ ދަތުގެ ސިފަ ޖެހިފައި ހުރި ފޮޓޯ ލީކުވެއްޖެ
ރަންބީރު ސަންޖޭ ދަތުގެ ސިފަ ޖެހިފައި ހުރި ފޮޓޯ ލީކުވެއްޖެ

މިހާރު 60 ޕަސެންޓް ޝޫޓިން ނިމި އަދި އެމެރިކާގެ ނިއު ޔޯކްގައި މުހިންމު ޝޫޓިއެއް ކުރިއަށް ގެންދަން ތައްޔާރުވަމުން އަންނަ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހިރާނީ ބުނީ ރަންބީރުގެ ފޮޓޯތައް ލީކުވުމަކީ ވެގެން ވާނެ ކަމެއް ނޫނެވެ. އޭނާ ބުނީ ފޮޓޯތައް ލީކުވީ މުމްބައިގެ އެންމެ ކާރޫބާރޫބޮޑު ހިސާބުގައި ޝޫޓް ކުރަނިކޮށް ނޫސްވެރިންތަކެއް އެތަނަށް ގޮސް ފޮޓޯ ނެގުމުން ކަމަށެވެ.

ނަމަވެސް ފިލްމުގެ މަސައްކަތް ކުރިޔަށްދާ ގޮތާ މެދު ހިރާނީ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނި ގޮތުގައި އެ ފިލްމަކީ ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ހިމެނޭ އުފާވެރި އިހްސާސްތަކެއް ކުރެވޭ ފިލްމެއް ކަމަށެވެ. އެއީ ފިލްމުގެ ވާހަކައިގެ ފުރިހަމަކަމުން ކަމަށް އޭނާ ގަބޫލު ކުރެ އެވެ. ޚާއްސަކޮށް ރަންބީރު އެ ފިލްމުގައި ހުންނަ ސިފައަށް ހިރާނީ ތައުރީފު ކުރި އެވެ.

"މުންނާބާއީ" ސީރީޒްގެ ފިލްމުތަކާއި "ތުރީ އިޑިއަޓްސް" އުފެއްދި ކުޅަދާނަ ޑައިރެކްޓަރު ބުނީ އޭނާގެ ހުރިހާ ފިލްމުތަކަކީ ވެސް ފޮތްތަކުންނާއި ދިރިއުޅުމުގެ ތަޖުރިބާތަކުން އުފައްދާ ފިލްމުތައް ކަމަށެވެ.

"އަހަރެންގެ ފިލްމުތަކުން ފެންނަ ހުރިހާ ކަންތައްތަކަކީ ވެސް އަމިއްލަ ތަޖުރިބާ ނުވަތަ ކޮންމެވެސް ފޮތަކުން ކިޔާފައިވާ ކޮންމެވެސް ހާދިސާއަކުން އަންނަ ޚިޔާލުތައް،" ހިރާނީ ބުންޏެވެ.

ސަންޖޭ ދަތު ބައޮޕިކްގައި ސޯނަމް ކަޕޫރު، އަނުޝްކާ ޝަރުމާ، ޕަރޭޝް ރާވަލް، މަނީޝާ ކޮއިރާލާ، ކަރިޝްމާ ތަންނާ، ވިކީ ކައުޝަލް، ދިއާ މިރުޒާ އަދި ޖިމް ސަރްބް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ. ފިލްމު ރިލީޒްކުރަން ޝެޑިއުލް ކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހަށެވެ.