11 މެއި 2017 - 06:31

މީގެ 30 އަހަރު ކުރިން ގިރާލި އަޔަލެންޑުގެ ރަށެއްގެ ގޮނޑުދޮށް ކުއްލި ގޮތަކަށް އިއާދަވެއްޖެ އެވެ. އަޔަލެންޑްގެ އަޗިލް އައިލެންޑްގެ ދޫގް ކިޔާ އަވަށެއްގައި އޮތް ވެލީގެ ގޮނޑުދޮށް އިޔާދަވީ ބޮޑެތި ރާޅުތަކާ އެކު އެރި ވެލީގެ ސަބަބުންނެވެ.

މި ގޮނޑުދޮށް ގެއްލުނީ 1984 ގައި އެ ސަރަހައްދަށް އައި ތޫފާނެއްގަ އެވެ. އެ ފަހަރު ގޮނޑޮދޮށް ގިރާލީ ރާޅާ އެކު ވެލިތައް ގިރާލުމުންނެވެ. އޭގެ ފަހުން ފެންނަން އޮތީ ހިލަތަކެވެ.
ގޮނޑުދޮށް ގިރާލި އިރު އެ ހިސާބުގައި ހޮޓާތަކާއި ގެސްޓަހައުސްތައް ހިންގި ނަމަވެސް ފަހުން އެ ތަންތަން ވަނީ ބަންދުކުރަން ޖެހިފަ އެވެ. ނަތީޖާއަކަށްވީ އެ ހިސާބު ފަޅުވުމެވެ.
ގޮނޑުދޮށަށް ވެލިތައް އަލުން ޖަމާވީ މިދިޔަ މަހު ދިހަ ވަރަކަށް ދުވަސް ވަންދެން އުދަ އެރުމުގެ ސަބަބުންނެވެ.
އާޗިލް ޓޫރިޒަމް މެނޭޖަރު ޝޯން މޮލޯއީ ބުނި ގޮތުގައި ގޮނޑުދޮށް ގެއްލުމުގެ ކުރިން އެ ގޮނޑުދޮށް އެ ތަނުގައި ނެތް ހަނދާނެއް ހުރި މީހަކު ނެތެވެ.
"ގޮނޑުދޮށް ގެއްލުނު ދުވަސްވަރު އެ ހިސާބަށް ވަރަށް ވަރުގަދަ ތޫފާންތަކެއް އެރި. އަދި ގޮނޑުދޮށް އެއްކޮށް ގިރާލި. އެންމެ ފަހުން އެތަނުގައި ވެލީގެ ގޮނޑުދޮށެއް އޮއްވާ ފެނުނީ 1984 ގައި. އަނެއްކާވެސް މިދިޔަ އޭޕްރީލްގައި ކުއްލިއަކަށް މޫސުން ބަދަލުވެ އުތުރުން ވައިޖެހެން ފެށުމުން ވެލިގަނޑު އަނބުރާ އައީ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގޮނޑުދޮށަށް ވެލިތައް އަނބުރާ އައީ ވަރަށް އެއްވަރެއްގައި އެއް ހަމައެއްގަ އެވެ. ހީވަނީ އެހެން ހިސާބުގަނޑެއް ގިރާލައިގެން އައި ވެލިތަކެއްހެން ކަމަށް ވެސް އޭނާ ބުންޏެވެ.
"ހުރިހާ ވެލިތައް އެހިސާބުގަނޑަށް ޖަމާވާން ނެގީ ހަފުތާއެއްހާ ދުވަސް. އެ ހިސާބުގައި ދިރިއުޅޭ މީހުން އަދި އެކަމާ ތިބީ ވަރަށް އުފަލުން. އެމީހުންގެ ގެއްލުނު ގޮނޑުދޮށް އަނބުރާ ލިބުމަކީ އަވަށުގެ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝޯން ބުންޏެވެ.
ތާރީޚީ ފޮތްތަކުގައިވާ ގޮތުން ދޫގް ބީޗް 1890 ގެ އަހަރު ތަކުގައި ވެސް ގެއްލުނެވެ. އަދި އެ ފަހަރުވެސް އަނބުރާ އައީ 30 ވަރަކަށް އަހަރު ފަހުން އެހިސާބުގަނޑު ހިމާޔަތް ކުރުމަށް ކުރި މަސައްކަތްތަކަކަށް ފަހު 1927 ގަ އެވެ. ނަމަވެސް އެ އިންފްރަސްޓްރަކްޗާ ވަނީ ނެތިގެން ގޮސްފަ އެވެ.