11 މެއި 2017 - 09:34

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ މީހަކު ހުޅުމާލޭ މަގުމަތީގައި މަރުވެފައި އޮއްވައި ރޭ ފަތިހު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ މއ. ކެލާގެއާގެ، އަހްމަދު ޝިޔާމް އަލީ އެވެ.
ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުގައި އުޅެފައި ރޭގެ ވަގުތެއްގައި އައި، އުމުރުން 56 އަހަރުގެ އަހްމަދު މަރުވެފައި އޮއްވައި ފެނުނީ ހަތް ވަނަ ފްލެޓް ކައިރިންނެވެ. ނަމަވެސް އަހްމަދަކީ ފަސް ވަނަ ފްލެޓްގައި އުޅޭ މީހެކެވެ.
ހުޅުމާލެއިން ވާހަކަ ދެއްކި މީހަކު ބުނީ އަހްމަދު ގެއިން ނިކުތީ އުނދަގޫވާތީ ޑޮކްޓަރަށް ދައްކަން ދާން އުޅުމަށް ފަހުގައި ކަމަށެވެ. އޭނާ މަރުވެފައި އޮއްވައި ފެނުނު ތަނާ ހޮސްޕިޓަލާ ކައިރި އެވެ.
އަހްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު އަސުރު ނަމާދަށް ފަހު އެވެ.