20 ޖޫން 2016 - 07:57

1 ޖޯޑު ރަވާ (ސެމޮލީނާ)
4 ޖޯޑު ފެން
½ ޖޯޑު ގެރިކިރު (ޑަބަލްޕީޗް)
6 މޭޒުމަތީސަމުސާ ހަކުރު
½ ސައިސަމުސާ ފޮނިތޮށިކާފޫރުތޮށި (މުގުރި)
1 ފިޔާ އާދައިގެ (ބޭނުން ނަމަ)
1 މޭޒުމަތީސަމުސާ ގިތެޔޮ (ބޭނުން ނަމަ)
ރޯސް އެސެންސް
ތެއްޔަށް ރަވާކޮޅު އަޅައިފައި މަޑުގިނީގައި ކުޑަކޮށް ހަނާކޮށްލުން. ހަނާވާ ވަސްދުވަން ފެށީމައި ފެން އަޅައިފައި އެއްކުރަމުން ހަކުރާއި ގެރިކިރު އަޅައިފައި، ގަނޑުފިލާ ރީއްޗަށް އޮލަވީމައި، ރޯސްއެސެންސާއި ފޮނިތޮށިކާފޫރުތޮޅި އަޅައިފައި، ތަބަކަށް އަޅައިލުން.
ފިޔާމީރުކޮށްފައި އަޅަން ބޭނުން ނަމަ، ފިޔާ (މެދުން ފަޅައިފައި، އަރިމަތިން ތުނިކޮށް) ކޮށައިފައި ގިތެޔޮ އަޅައިގެން ފިޔާމީރުކުރުން. މީރުކޮށްފައިވާ ފިޔާކޮޅު ތަބަކަށް އަޅައިލުން. ތަބަކުގެ ތެރެއަށް ރަވާފުށްގަނޑު އަޅައިލައިފައި ހިހޫވަންދެން ބެހެއްޓުން. ހިހޫވީމާ ބޯކިބާ ނަގާފައި ފޮތިކުރުން. މި ބޯކިބާ އައިސްއަލަމާރީގައި ވެސް ބެހެއްޓިދާނެ. މި ބޯކިބާ ފިހާކަށް ނުޖެހޭނެ.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278 ގައި ހިމަނައިފަ އެވެ.