19 މެއި 2017 - 07:13

ޓައިގާ ޝްރޮފް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" ހުއްޓާލައިފި ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރް މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ ބަތަލަކީ ޓައިގާ އެވެ. ޑައިރެކްޓަރަކީ ޕުނީތު މަލްހޯތުރާ ކަން ވެސް އޭރު ވަނީ އިއުލާން ކޮށްފަ އެވެ. ފިލްމުގައި ދެ ބަތަލާއަކު ހަރަކާތްތެރިވާނެ އެވެ.
އެންމެ ކުރިން އަޑު އިވެން ފެށީ އެ ދެ ބަތަލާއިންނަކީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އާއި ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު ކަމަށެވެ. ނަމަވެސް މި ވާހަކަތައް ވެސް ވަނީ ފަހުން ހުއްޓިފަ އެވެ. އަދި ފިލްމު ހުއްޓާލައި އިތުރަށް ކުރިޔަށް ނުގެންދަން ނިންމާއިފި ކަމުގެ ޚަބަރުތަކެއް ވެސް ދާދި ފަހުން ފެތުރުފައިވެ އެވެ.
ނަމަވެސް ކަރަންގެ ޕްރޮޑަކްޝަން ހައުސް ދަރްމާގެ ސީއީއޯ އަޕޫރުވާ މެހެތާ ބުނީ އެއީ ދޮގެއް ކަމަށާއި ފިލްމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިޔަށް ދާނެ ކަމަށެވެ.
އަޕްރޫވާ ބުނި ގޮތުގައި ދަރްމާ އިން މިވަގުތު އިއުލާން ކޮށްފައިވަނީ ދެ ފިލްމެކެވެ. އެތަނުން އެއް ފިލްމަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލީން ފެނާންޑިސް ގެ "ޑްރައިވް" އެވެ. އަނެއް ފިލްމަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އެވެ.
އައަޕޫރްވާ ބުނި ގޮތުގައި އެމީހުން އެ ފިލްމުގައި ބައިވެރިކުރަން ގަސްތުކުރަނީ މުޅިން އާ ބަތަލާއިން ކަމަށެވެ. އެހެންވެ އަދި އެ ރޯލުތަކަށް އެކްޓަރުން ހަމަ ނުޖެހޭ ކަމަށެވެ.