25 މެއި 2017 - 11:42

ކޮޕިއާ ޕްލަސް އާ އަވަސް ކާޓް ގުޅިގެން "ބްރަދާ" ބްރޭންޑްގެ ޕްރިންޓަރު ހިލޭ ފޯރު ކޮށްދޭން ފަށައިފި އެވެ.
ކޮޕިއާ ޕްލަސް އިން ބުނީ މާލޭގައި ހުންނަ ކޮޕިއާ ޕްލަސް އިން ޕްރިންޓަރާއި ކާޓްރިޖް ވިއްކާ އަގަށް އެއްވެސް އިތުރު ބަދަލެއް ނުގެނެސް ހުރިހާ ރަށަކަށް އެތަކެތި ފޮނުވައިދޭނެ ކަމަށެވެ.
ކޮޕިއާ ޕްލަސްއިން ވަނީ ޕްރިންޓަރާއި ކާޓްރިޖް ހިލޭ ފޯރުކޮށްދިނުމަށް އަވަސްކާޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކޮޕިއާ ޕްލަސް އިން ބުނީ ރަށްރަށުގެ ސްކޫލްތަކާއި ސަރުކާރު އަދި އަމިއްލަ އިދާރާތަކުގެ އިތުރުން އާއްމުންގެ ފަރާތުން ވެސް މިކަމަށް ބޮޑު އެއްބާރުލުމެއް ލިބޭނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
އަވަސްކާޓުން ބުނިގޮތުގައި އެތަނުގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުދޭ ތަކެއްޗައް ކަސްޓަމަރުން ފައިސާ ދައްކަން ޖެހޭނީ މުދާ އެ މީހަކާ ހަވާލުކުރުމުންނެވެ.
އަވަސްކާޓުން ތަފާތު އެކި މުދާތައް މިހާރު ވެސް މުޅި ރާއްޖެއަށް ހިލޭ ޑެލިވާ ކޮށްދެ އެވެ. ރޯދަ މަހާ ގުޅުވައިގެން އަވަސްކާޓުން އޯޑަރުކުރާ ތަކެތި ވަރަށް އަގުހެޔޮ ފޯރުކޮށްދެއެވެ. އަދި އެތަކެއްޗަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.