ފިލިޕީންސްގެ ކެސިނޯ އަށް ދިން ހަމަލާގައި 36 މީހެއްގެ ހަށިގަނޑު ފެނިއްޖެ
ފިލިޕީންސްގެ ކެސިނޯ އަށް ދިން ހަމަލާގައި 36 މީހެއްގެ ހަށިގަނޑު ފެނިއްޖެ

މެނީލާ (ޖޫން 2) - ފިލިޕީންސްގެ ރިސޯޓްސް ވޯލްޑް މެނީލާގެ ކެސިނޯ އަށް ބަޑި ހިފައިގެން ހުރި މީހަކު ހަމަލާދީ އެ ތަނުގައި އަލިފާން ރޯކޮށްލުމުން މަރުވެފައިވާ 36 މީހެއްގެ ހަށިގަނޑު މިހާތަނަށް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ފިލިޕީންސްގެ ކެސިނޯ އަށް ދިން ހަމަލާގައި 36 މީހެއްގެ ހަށިގަނޑު ފެނިއްޖެ
ފިލިޕީންސްގެ ކެސިނޯ އަށް ދިން ހަމަލާގައި 36 މީހެއްގެ ހަށިގަނޑު ފެނިއްޖެ

ގިނަ މީހުން މަރުވެފައި ވަނީ ކެސިނޯގެ މޭޒުތަކުގައި އަލިފާން ރޯކޮށްލުމުން އެރި ދުމުގައި ނޭވާ ހާސްވެގެންނެވެ. ރޭ ވަރަން ދަންވެފައި ވަނިކޮށް ދިން މި ހަމަލާ އަށް ފަހު އެ މީހާ ވަނީ އަމިއްލަ ގައިގައި ރޯކޮށްލައިގެން މަރުވެފަ އެވެ.

ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ކުރިން ބުނީ ހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް ތަން ސާފު ކުރުމުގެ ތެރޭގައި ވަނީ 36 މީހެއްގެ ހަށިގަނޑު ފެނިފަ އެވެ.

ހަމަލާ ދިން މީހާގެ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް ބުނެފައެއް ނުވެ އެވެ. ފިލިޕީންސްގެ އޮފިޝަލުން ބުނަނީ އެއީ ޓެރަރިސްޓް ހަމަލާއަކަށް ވުރެ ބޮޑަށް ވައްކަން ކުރުމުގެ ބޭނުމުގައި ދިން ހަމަލާއެއް ކަމަަށެވެ.

ރިސޯޓް ވޯލްޑް މެނީލާ އިން ބުނީ އެ ތަނުގެ އަލިފާން ނިއްވާ ނިޒާމު ރަނގަޅަށް މަސައްކަތް ކުރާ ކަމަށާ އަދި ރަނގަޅަށް ވެންޓިލޭޓް ވެސް ކޮށްފައިވާ ކަމަށެވެ. މި ހަމަލާގައި އެކިވަރުގެ ޒަޚަމްތައް ލިބިގެން 50 މީހަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހިފަ އެވެ.