ހައްޔަރު ކުރި މީހާ ބޭނުންވީ ޓްރަމްޕް ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލަން
ހައްޔަރު ކުރި މީހާ ބޭނުންވީ ޓްރަމްޕް ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލަން

ވޮޝިންޓަން (ޖޫން 21) - ލެސް ވެގާސްގައި އޮތް އެއްވުމެއްގައި ފުލުސް އޮފިސަރެއްގެ ފިސްތޯލަ އަތުލުމަށް ފަހު ޑޮނަލްޑް ޓްރަމްޕަށް ހަމަލާ ދޭން އުޅުނު މީހާ ބޭނުންވީ ޓްރަމްޕް އަވަހަރަކޮށްލަން ކަމަށް ކޯޓުގެ ލިޔުންތަކުން ހާމަވެއްޖެ އެވެ.

ހައްޔަރު ކުރި މީހާ ބޭނުންވީ ޓްރަމްޕް ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލަން
ހައްޔަރު ކުރި މީހާ ބޭނުންވީ ޓްރަމްޕް ގަޔަށް ބަޑި ޖަހާ އަވަހާރަކޮށްލަން

ޓްރަމްޕަށް ހަމަލާ ދޭން އުޅުނީ އިނގިރޭސި ރައްޔިތެއް ކަމަށްވާ މައިކަލް ސްޓީވަން، 20، އެވެ. ނެވާޑާގެ ކޯޓަކަށް އޭނާ އިއްޔެ ހާޒިރުކުރުމުން ވަނީ ކޯޓުގެ ފުރަތަމަ އަޑު އެހުން ޖުލައި 5 ވަނަ ދުވަހު ބާއްވަންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ހޮނިހިރު ދުވަހު އޮތް އެއްވުމުގައި ފުލުހުސް މީހާގެ ބަޑި އަތުލުމަށް ސްޓީވަން މަސައްކަތް ކުރީ ޓަރަމްޕުގެ އޮޓޯގްރާފް ހޯދަން ބޭނުންވާ ކަމަށް ބުނެ އެވެ. އޭނާ ބުނީ ޓްރަމްޕަށް ހަމަލާ ދޭން އުޅޭތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި އެންމެ ފަހުން އެކަން ކުރަން ޖެހުނީ ހަމަލާ ދެވޭނެކަން ޔަގީންވުމުން ކަމަށެވެ.

ބިޑި އަޅައިގެން ކޯޓަށް ހާޒިރު ކުރި ސްޓީވަން އަކީ މުޖްތަމަ އަށް ނުރައްކަލެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އޭނާގެ ޝަރީއަތް ފަށަންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އިނގިރޭސި ފޮރިން އޮފީހުން ބުނެފައި ވަނީ ލެސް ވެގަސް އިން އެ ގައުމުގެ ރައްޔިތަކު ހައްޔަރު ކުރުމުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ފަހަކަށް އައިސް ޓްރަމްޕުގެ ކެމްޕޭން އެއްވުންތަކުގައި ހަމަނުޖެހުންތައް ވަނީ އިތުރުވާން ފަށައިފަ އެވެ. މާޗު މަހު ބޭއްވި އެއްވުމެއްގައި ޓްރަމްޕް ސްޓޭޖުގައި ހުންނަވަނިކޮށް މީހަކު ވަނީ ގަދަކަމުން ސްޓޭޖަށް އަރަން މަސައްކަތް ކޮށްފަ އެވެ. އަދި ސަލާމަތީ ބައެއް ސަބަބުތަކަށްޓަކައި ބައެއް ކެމްޕޭން އެއްވުންތައް ވަނީ ކެންސަލްކޮށްފަ އެވެ.