ބެލްޖިއަމްގެ ޕްރިންސަސް އެލިކްސްގެ ހިތްގައިމު ވިންޓޭޖު ގައުން
ބެލްޖިއަމްގެ ޕްރިންސަސް އެލިކްސްގެ ހިތްގައިމު ވިންޓޭޖު ގައުން

ބެލްޖިއަމްގެ ޕްރިންސަސް އެލިކްސް ދު ލިން މިދިޔަ ހޯމަ ދުވަހު ވަނީ ކުލަގަދަ ހަފުލާއެއްގައި އާލް ގިއްޔޯމް ދު ދަމްޕިއޭއާ ކައިވެނި ބައްލަވައިގެންފަ އެވެ. އުމުރުން 31 އަހަރުގެ ޕްރިންސަސް އަކީ ޕްރިންސް މިޝެލް ދު ލިން އަދި ބްރެޒިލްގެ ޕްރިންސަސް އެލިނޯރާގެ ދަރިކަލުންނެވެ.

ބެލްޖިއަމްގެ ޕްރިންސަސް އެލިކްސްގެ ހިތްގައިމު ވިންޓޭޖު ގައުން
ބެލްޖިއަމްގެ ޕްރިންސަސް އެލިކްސްގެ ހިތްގައިމު ވިންޓޭޖު ގައުން

ޕްރިންސަސް ތުރުކުރައްވައިގެން ހުންނެވީ ބެލްޖިއަމްގެ ޑިޒައިނާ ޖެރާޑް ވާތުލެޓް ފަރުމާކޮށްފައިވާ ހިތްގައިމު ގައުނެކެވެ. ވިންޓޭޖް ނުވަތަ ކުރީގެ ސްޓައިލަކަށް ފަރުމާކޮށްފައިވާ ގައުންގެ އަތުކުރީގައި އެމްބްރޮއިޑަރީ ކޮށްފައި އަދި ހުދު ދޫނި ފަތް ބޭނުންކޮށްގެން ޖަރީކޮށްފައި ހުއްޓެވެ. އޭނާގެ ހެދުމުގެ އުނަގަނޑުގައި ވެސް މިގޮތަށް ޖަރީކޮށްލާފައި ހުއްޓެވެ. ޕްރިންސަސް އެލިކްސްގެ ބޮލުގައި އޮތް، ދިގު ހުދު ލޭސް ބޮލުފޮތިކޮޅުގެ މަތީގައި އޮތީ ވިދާ ބަބުޅަމުން ދިޔަ ރިހި ތާޖެކެވެ. ފިޔާތޮށި އަދި ފެހިކުލައިގެ ބްރައިޑަލް ބޮކޭ އިން ޕްރިންސަސްގެ ސާދާ ހުށަހެޅުން އިތުރަށް ފުރިހަމަވެ އެވެ.

ބެލްޖިއަމްގެ ޕްރިންސަސް އެލިކްސްގެ ހިތްގައިމު ވިންޓޭޖު ގައުން
ބެލްޖިއަމްގެ ޕްރިންސަސް އެލިކްސްގެ ހިތްގައިމު ވިންޓޭޖު ގައުން

މި ކައިވެނި ހަފުލާގައި ރަސްމަތީ އެކި އާއިލާތަކަށް ނިސްބަތްވާ ޝަހްސިއްޔަތުތައް ވެސް ފެނިގެންދިޔަ އެެވެ. ގްރޭންޑް ޑިއުކް އޮފް ލަކްސެމްބޯގް އަދި އޭނާގެ އަނބިކަލުން ގްރޭންޑް ޑަޗެސް މާރިއާ ޓެރެސާ އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. ކައިވެނި ހަފުލާއަށް ވަޑައިގެންނެވި މެހެމާނުން ތުރުކުރައްވައިގެން ތިއްބެވީ ވަރަށް ކުލަ ގަދަ ހެދުމާ އެކު ގުޅުވާލައިފައި ހުރި ތޮތްޕެވެ. ފިރިހެން ބޭފުޅުން އަޅި ނުވަތަ ކަޅު ސޫޓާއި ފަޓުލޫނުގަ އެވެ.

ކައިވެނި ބައްލަވައިގަތް ދެކަނބަލުން ވަރަށް މަސައްކަތްތެރި އެވެ. ޕްރިންސަސް އެލިކްސް މިހާރު މަސައްކަތް ކުރައްވަނީ އެޗް ސްޓާންގަ އެވެ. އެއީ ބްރެޒިލްގެ ގަހަނާ ފަރުމާކުރާ ކުންފުންޏެކެވެ. އަދި ޕެރިސްގެ ކާޓިއޭގައި ވެސް މަސައްކަތްކުރެއްވި ކަމަށްވެ އެވެ. އާލް ގިއްޔޯމް ވެސް ރިއޯ ޑި ޖެނޭރޯގެ ކޮންސަލްޓަންސީ ކުންފުންޏެއްގައި މަސައްކަތް ކުރައްވަ އެވެ.