ރިއަން އާއި ބްލޭކް ވެސް ގިނަ ދަރިން ހޯދަން ބޭނުން
ރިއަން އާއި ބްލޭކް ވެސް ގިނަ ދަރިން ހޯދަން ބޭނުން

ދެމަފިރިން ވެސް ތިބީ ގިނަ ދަރިން ހޯދަން ތައްޔާރަށް ކަމަށާއި ބޮޑު އާއިލާއެއް އޮތުމަކީ އެއްގޮތަކަށް ވެސް މައްސަލައެއް ނޫން ކަމަށް ބަތަލާ ބްލޭކް ލިވްލީ ބުނެފި އެވެ.

ރިއަން އާއި ބްލޭކް ވެސް ގިނަ ދަރިން ހޯދަން ބޭނުން
ރިއަން އާއި ބްލޭކް ވެސް ގިނަ ދަރިން ހޯދަން ބޭނުން

"ގޮސިޕް ގާލް" އާއި "ދަ ޝެލޯސް" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ބުނީ އޭނާ އާއި ފިރިމީހާ އަދި އެކްޓަރު ރިއަން ރޭނޮލްޑްސްއަކީ ވެސް ބޮޑު އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ކަމަށެވެ.

އެހެންވެ ދެ މީހުން ގިނަ ދަރިން ހޯދުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ބްލޭކް ބުންޏެވެ.

"އަހަންނަކީ ފަސް ކުދިން ތިބި އާއިލާއެއްގެ މެންބަރެއް. ރިއަންއަކީ ހަތަރު ކުދިން ތިބި އާއިލާއަކަށް ނިސްބަތްވާ މީހެއް. އެހެންވީމާ އަހަރަމެން ދެ މީހުން ވެސް ނުދެކެން ބޮޑު އާއިލާއެއް އޮތުމަކީ މައްސަލައެއް ކަމަކަށް،" ދެވަނަ ކުއްޖަކަށް މިހާރު ބަލިވެ އިން ބަތަލާ ބުންޏެވެ.

ދެހާސް ބާރަ ވަނަ އަހަރު ކައިވެނި ކުރި ބްލޭކް، 28، އާއި ރިއަން، 39، ގެ ފުރަތަމަ ދަރިފުޅު ޖޭމްސް ރޭނޮލްޑްސް އަށް މިހާރު ދޮޅު އަހަރެވެ. ބްލޭކާ ކައިވެނި ކުރުމުގެ ކުރިން ރިއަން ކައިވެނިކޮށްގެން އުޅުނީ ބަތަލާ ސްކާލެޓް ޖޮހަސަން އާ އެވެ. އެ ކައިވެނި ރޫޅުނީ 2011 ގަ އެވެ.

ބްލޭކް ބުނީ "ދަ ޕްރޮޕޯސަލް" އާއި "ޑެޑްޕޫލް" ފަދަ ފިލްމްތައް ކުޅެފައިވާ ފިރިމީހާ ވެސް ހުރީ ގިނަ ކުދިން ހޯދަން ތައްޔާރަށް ކަމަށެވެ.

"ރިއަން އަބަދު ވެސް ބޭނުންވޭ ގިނަ ކުދިން ހޯދައި އާއިލާއަކީ ބޮޑު އާއިލާއަކަށް ހަދަން،" އޭނާ ބުންޏެވެ. "އޭނައަކީ ވަރަށް އާދައިގެ އާއިލާއަކުން އައި ވަރަށް ސިމްޕަލް ލައިފްސްޓައިލަކަށް ލޯބި ކުރާ މީހެއް. އަހަރެމެންގެ ދަރިން ވެސް ބޮޑު ކުރާނީ ހަމަ އެގޮތަށް."

ބްލޭކް ބުނީ ދަރިން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ފުރަތަމަ ދަރިފުޅާ އެކު ކުޅެ، މަޖާކޮށް ސަކަރާތް ޖަހަން ފުރުސަތު ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ބުންޏެވެ.

"ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކުގައި މިއުޅެވެނީ މިހާރު." ބްލޭކް ބުންޏެވެ.