21 ޖޫން 2016 - 16:58

ޔޫރޯ ފުޓުބޯޅަ މުބާރާތާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސޯޝަލް މީޑިއާގައި ކުރިއަށް ގެންދާ "ޔޫރޯ ގިފްޓް" ޕްރޮމޯޝަންގެ ހަފުތާގެ ނަސީބުވެރިން ހޮވައި، އިނާމު ހަވާލު ކޮށްފި އެވެ.
ކޮންމެ ހަފުތާއަކު ފޭސްބުކް އަދި ޓްވިޓާ އިން ނަސީބުވެރިއެއް ހޮވައި، އިނާމެއްގެ ގޮތުން 3،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ދޭ މި ޕްރޮމޯޝަންގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނީ އާއިޝަތު ނަސްމާ އަދި ލަކްޝްމަން ލީލާ ޕާންޑޭ އެވެ.
މި ޕްރޮމޯޝަންގައި، ބީއެމްއެލްގެ ފޭސްބުކް ޕޭޖަށް ލައިކް ކޮށް، އެ ޕޭޖުގައި ވާ ޔޫރޯ އާ ގުޅޭ ޕޯސްޓު ޝެއާ ކޮށްގެން ބައިވެރިވެވޭނެ އެވެ. އަދި އެ ބޭންކުގެ ޓްވިޓާ އެކައުންޓް ފޮލޯ ކޮށް، އޭގައިވާ ޔޫރޯގެ ޕޯސްޓް ރީޓްވީޓް ކޮށްގެން ވެސް ބައިވެރިވެވޭނެ އެވެ.
"ޔޫރޯ ގިފްޓް" ޕްރޮމޯޝަންގައި ބޮޑު ހަދިޔާ އެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައި އެވެ، ޔޫރޯ މުބާރާތް ނިމުމުން ނަގާ މި ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލިބެނީ ދެ މީހަކަށް ޕެރިސް ދެކޮޅު ޓިކެޓާއި 3،000 ޑޮލަރެވެ.