ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ފޯރިގަދަ ހިސާބަށް އައީ އެވެ. ޔޫރަޕްގެ އެކި ގައުމުތަކުން ހުނަރުވެރި ކުޅުންތެރިން ވަރުބަލިކަމެއްނެތި އެބައެއްގެ ގައުމަށް މިއަހަރުގެ ތަށި ގެންދަން މަސައްކަތްކުރަނީ އެވެ. ދަނޑުމަތީގައި ކުޅުންތެރިން އެމީހުންގެ ޓީމު ރަމްޒުކޮށްދޭ ޖާޒީ ލައިގެން ތިބޭއިރު ދަނޑުން ބޭރުގައި ބައެއް ކުޅުންތެރިންނާއި ކޯޗުންގެ އާދަޔާ ހިލާފު ރީތި ސްޓައިލްތައް ވެސް ފާހަގަވެ އެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

ޔޫރަޕަކީ ފެޝަންގެ އެންމެ ކުރިއަރާފައިވާ ހިސާބެވެ. ވީމާ ޔޫރަޕްގެ ފުޓަބޯޅަ ކުޅުންތެރިންގެ ސްޓައިލް ވެސް ފުރިހަމަވުމަކީ އަޖައިބެއް ނޫނެވެ. ޔޫރަޕްގެ ހުނަރުވެރި އަދި ސްޓައިލިޝް ބައެއް ކުޅުންތެރިންނާއި ކޯޗުން ހިއްސާކޮށްލާނަމެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

އާސެނަލްގެ ހެކްޓަ ބެލެރިން: އެންމެ އަވަސް ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވެފައިވާ ސްޕެއިންގެ ބެލެރިން އަކީ އޭނާގެ ހިތްގައިމު ޑިޒައިނާ ސްޓައިލަށް ވެސް ފާހަގަވެފައިވާ ކުޅުންތެރިއެކެވެ. އޭނާ އެންމެ ގިނައިން ލާ ޑިޒައިނާ ބްރޭންޑްތަކުގެ ތެރޭގައި "ހުޑް ބައި އެއާ" އަދި "އޮފް ވައިޓް" ހިމެނެ އެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

މި ދެ ބްރޭންޑަކީ ވެސް ލަވަކިއުންތެރިއާ ކާންޔޭގެ ފެޝަން ބްރޭންޑުގެ ކްރިއޭޓިވް ޑިރެކްޓާ ވާގިލް އަބްލޮ ފަރުމާކުރާ ދެ ބްރޭންޑެކެވެ. މޮޅަށް ފަރުމާކޮށް ފަހާފައިވާ ޖެކެޓާއި މެންޑަރިން ސްޓައިލުގެ ގިރުވާން ލީ ހުދު ގަމީހަކީ މިހާރު ބެލެރިން އެންމެ ލާހިތްވާ ސްޓައިލެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗް: ސްވިޑަންގެ ކެޕްޓަން އިބްރަހިމޮވިޗް އަކީ ފުޓަބޯޅައިގެ ފެރާރީ ކަމަށް އޭނާ އަމިއްލައަށް ދައުވާކޮށްފައިވެ އެވެ. އިބްރަހިމޮވިޗް އަކީ 'ފެޝަނަބަލް' މީހެއް ކަމަށް ވެސް ދައްކުވައިފި އެވެ. މިމަހު ކުރީކޮޅު އޭނާގެ އަމިއްލަ ފެޝަން ކަލެކްޝަން "އޭ ޓު ޒީ" ލޯންޗުކުރި އެވެ. ކުޅުންތެރިންނަށް ހާއްސަ އެކި ބާވަތުގެ ނޫ، އަޅި، ކަޅު ފަދަ ކުލަތަކުގެ ހެދުން އެ ކަލެކްޝަނުގައި ހިމެނެ އެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

އިންގްލަންޑްގެ އެޑަމް ލަލާނާ: 2014ގައި މަޝްހޫރު ފެޝަން ބްރޭންޑް ފްރެންޗް ކަނެކްޝަނަށް މޮޑެލް ކުރި އެޑަމް އަކީ އޭނާގެ ސޫޓާއި ޓައި ގުޅުވާލައިފައި ހުންނަ ފުރިހަމަ ސްޓައިލަށް މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ އެންމެ ގިނައިން ލަނީ ނޫ ކުލައިގެ ސޫޓެވެ. އެޑަމްގެ އިސްތަށިގަނޑާއި ތުނބުޅި ސްޓައިލް ކޮށްފައި ހުންނަ ގޮތަށް ވެސް ގިނަ ބަޔަކު ތައުރީފު ކުރެ އެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

ކޯޗު ޕެޕް ގާޑިއޯލާ: ގާޑިއޯލާ ހެދުން ސްޓައިލް ކުރަނީ އޭނާގެ ހަށިގަނޑާއި މޫނުގެ ބައްޓަަމަށް ވެސް ގުޅޭގޮތަށެވެ. އޭނާ ލާ ޖެކެޓާއި ފަޓުލޫނު ވަނީ އޭނާގެ ހަށިގަނޑަށް ހެޔޮވަރުކޮށް މާ ބޮޑަށް ދޫ ނުވާގޮތަށް ފަހައިފަ އެވެ. ދަނޑުމަތީގައި ކޯޗުކަން ކުރަމުންދާއިރު ވެސް އޭނާ އަރައިގެން ހުންނަނީ އޮފު ކޮށްފައި ހުންނަ ކްލެސިކް އޮކްސްފޯޑު ބޫޓެވެ.

ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!
ޔޫރަޕްގެ ސްޓައިލިޝް ކުޅުންތެރިންނާއި ކޯޗުން!

ވޭލްސްގެ ޖޯ ލެޑްލީ: މިޑްފީލްޑަރެއްގެ ގޮތުގައި އޭނާގެ ހުނަރު ދަނޑުމަތީގައި ދައްކައެވެ. އަދި ދަނޑުން ބޭރުގައި ހެދުން ސްޓައިލް ކުރުމުގެ ހުނަރުވެސް ދައްކަ އެވެ. ޖޯގެ ސްޓައިލް ވަރަށް ތަފާތެވެ. އޭނާ ގިނައިން ލަނީ ވޫލުން ހަދާފައި ހުންނަ ޖެކެޓު ނުވަތަ ކާޑިގަން އަދި ބޯ ޓައިއެއް ގުޅުވާލައިގެންނެވެ. ޖޯގެ ތުނބުޅި ވެސް ވަރަށް ހާއްސަ އެވެ. ފޭނުން ޖޯގެ ތުނބުޅިއަށް ހާއްސަކޮށް ޓްވިޓާ އެކައުންޓެއް ވެސް ގެންގުޅެ އެވެ.

ޖެރޯމް ބޯޓެން: 2015ގައި އެންމެ ރީތިކޮށް ހެދުން އަޅާ މީހާގެ އެވޯޑް ލިބިފައިވާ ޖާމަނީގެ ޑިފެންޑާ ބޯޓެން އަކީ ފެޝަނަށް ވަރަށް ލޯބިކުރާ މީހެކެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ގިނައީ އޭނާ އަރާ ނައިކީ ބްރޭންޑުގެ އަގު ބޮޑު އަދި ތަފާތު ބޫޓުގެ ފޮޓޯ އެވެ. މީހުން ބުނެފައިވާ ގޮތުގައި އޭނާ 650 ވައްތަރުގެ ބޫޓު ގެންގުޅެ އެވެ.

އިޓަލީގެ ގްރަޒިއާނޯ ޕެލާ: ސްޓްރައިކާ ޕެލާ ދަނޑުން ބޭރުގައި ހެދުން ލައި ސްޓައިލް ކޮށްލައިފައި ހުންނަނީ ވަރަށް ފުރިހަމަކޮށެވެ. އޭނާގެ ހަށިގަނޑަށް ގުޅޭގޮތަށް ހެދުން ސްޓައިލް ކުރެ އެވެ. ޕެލާ އެންމެ މަޝްހޫރު ވެފައި ވަނީ އޭނާގެ ސިގްނެޗާ އިސްތަށިގަނޑުގެ ސްޓައިލަށެވެ. ޕެލޭގެ އިސްތަށިގަނޑު އެގޮތަށް ސްޓައިލް ކުރުމުން އެތައް ސަތޭކަ ފޭނުންނެއް އެ ސްޓައިލް ކޮޕީ ކޮށްފައިވެ އެވެ.