17 ޖޫން 2017 - 09:05
ރެޕް އުފެދިގެން އައީ މެކްސިކޯ، ޔޫރަޕް، ތުރުކީ އަދި މެދުއިރުމަތީ ގައުމުތަކުންނެވެ. އެކަމު މި ޒަމާނުގައި މަޝްހޫރު ވެފައިވާ ގޮތަށް ރެޕް ހަދަން ފެށީ އެމެރިކާގެ ކެލިފޯނިއާގައި ކަމަށް ބެލެވެ އެވެ.
ރެޕަކީ ތަފާތު ގޮތަކަށް ހަދާ ސޭންވިޗެކޭ ވެސް ބުނެވިދާނެ އެވެ. ސިޓްރޯން ޗިކަން ރެޕަކީ ފައިދާ ހުރި ތަރުކާރި ހިމަނައިގެން ހަދާ މީރު ރެޕެކެވެ. މި ހަދަން ބޭނުންވާނީ؛
ބަޓަރު
5 ގުރާމު ލޮނުމެެދު، ކޮށާފައި
15 ގުރާމު ފިޔާ، ފޮތި ކޮށްފައި
29 ގުރާމު ކެބެޖް، ޝްރެޑް ކޮށްފައި
20 ގުރާމު ކެރަޓް، ޝްރެޑް ކޮށްފައި
180 ގުރާމު ރޯސްޓު ކުރި ކުކުޅު، ޝްރެޑް ކޮށްފައި
5 ގުރާމު މިރުސް، ކޮށާފައި
20 ގުރާމު ލީކްސް، ޝްރެޑް ކޮށްފައި
20 ގުރާމު ޓޮމާޓޯ، ޝްރެޑް ކޮށްފައި
5 ގުރާމު ކޮރިއެންޑާ
10 ގުރާމު ފަޔާ ސްޕައިސް ޕައުޑާ
5 ގުރާމު ޓުރުމެރިކް ޕައުޑާ
ލޮނު، އަސޭމިރުސް
5 ގުރާމު ރޯސްޓް ކުރި ކިއުމިން ޕައުޑާ
ޓޯޓިޔާ ބްރެޑް/ރޮށި
ލޮނުމެދު މެޔޮނޭސް