ވަނުއާޓޫގެ ރައީސް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
ވަނުއާޓޫގެ ރައީސް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ޕޯޓް ވިލާ (ޖޫން 17) - ވަނުއާޓޫގެ ރައީސް ބޯލްޑްވިން ލޯންސްޑޭލް ވަރަށް ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 67 އަހަރުގައި އޭނާ އަވަހާރަވި ހާޓް އެޓޭކެއް ޖެހިގެން ކަމަށް އޮފިޝަލުން ބުނެ އެވެ. ވަނުއާޓޫ ޑެއިލީން ބުނީ ރައީސް ލޯންސްޑޭލް އަވަހާރަވީ ރޭ ދަންވަރު އަވަހަރާފުޅަށް އޮށޯއްނެވި ފަހުން ކަމަށެވެ. ލޯންސްޑޭލް ގެންދަވަނީ ސެޕްޓެމްބަރު 2014 ގެ ފަހުން ޕެސިފިކުގެ ގައުމުގައި ވެރިކަން ކުރައްވަމުންނެވެ. އޭނާ އަކީ އެ ގައުމުގެ ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް އޮސްޓްރޭލިއާގެ ގަވަރުނަރު ޖެނެރަލް ޕީޓާ ކޮސްގްރޫވް ވިދާޅުވި އެވެ.

ރައީސް ލޯންސްޑޭލް ގެންދަވަނީ މާޗު 2015 ގައި ވަނުއާޓޫ އަށް ކުރިމަތިވި ތޫފާނުގައި ގެދޮރު ގެއްލުނު 75،000 މީހުންނަށް އަލުން ދިރިއުޅެވޭނެ ގޮތުގެ ބޮޑު މަޝްރޫއެއް ހިންގަވަމުންނެވެ. ރައީސް ލޯންސްޑޭލް ހަމަ އެ އަހަރު ވަނީ ގައުމުން ކޮރަޕްޝަން ފުހެލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ވަނުއާޓޫގެ އާބާދީ އަކީ 278،000 އެވެ.