18 ޖޫން 2017 - 17:16

ނެޝަނަލް ލެމްޕޫންސް އެނިމަލް ހައުސް ފަދަ ކާމިޔާބު ފިލްމްތައް ކުޅެފައިވާ ހޮލީވުޑްގެ އެކްޓަރު ސްޓެފެން ފާސްޓް ހުކުރު ދުވަހު މަރުވެއްޖެ އެވެ.
ސްޓެފަންގެ ދެ ފިރިހެން ދަރިން ކަމަށްވާ ނަތަން އާއި ގްރިފިތު ފާސްޓް އެ މީހުންގެ ބައްޕަ މަރުވިކަން އިއުލާން ކުރީ ފޭސްބުކްގަ އެވެ. އެ މީހުން ބުނީ ސްޓެފެން، 63، މަރުވީ ހަކުރު ބަލީގައި ކަމަށެވެ.
އެ މީހުން ބުނީ "ބައްޕައަކީ ވަރަށް ވަރުގަދަ އެކްޓަރެއްގެ އިތުރުން އެހާމެ ކުޅަދާނަ ޑައިރެކްޓަރެއް" ކަމަށާއި "އެ ހަނދާންތައް އަބަދު ވެސް ވާނެ" ކަމަށެވެ.
ފިލްމުތަކުގެ އިތުރުން ސްޓެފެން ވަނީ ޓީވީ ސިލްސިލާތައް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި އެސްޓީ އެލްސްވެއާ އާއި ބެބިލޯން 5 ފާހަގަކޮށްލެވެ އެވެ.
އޭނާ ޑައިރެކްޓް ކުރި ފިލްމްތަކުގެ ތެރޭގައި ޓައިޓްލް ޓް މާޑާ (2001) އަދި ޑްރަގަން ސްޓޯން (2004) އަދި ޕާތު އޮފް ޑިސްޓްރަކްޝަން (20059 ހިމެނެ އެވެ.
ސްޓެފެން އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ 2002 ގައި ރިލީޒް ކުރި ކޮމެޑީ "ސޮރޯރިޓީ ބޯއިޒް" އެވެ.