ކުރިއަށް އޮތް ތިން އަހަރަށް ވާވަރަށް މަސައްކަތް އެބަހުރި: އަމީތާބު
ކުރިއަށް އޮތް ތިން އަހަރަށް ވާވަރަށް މަސައްކަތް އެބަހުރި: އަމީތާބު

މި އަހަރު އަމީތާބު ބައްޗަން އަށް 75 އަހަރު ފުރޭނެ އެވެ. ނަމަވެސް އުމުރުން މިހާ ދުވަސް ވިޔަސް އޭނާ ކުރާ މަސައްކަތަށް މަޑުޖައްސާލުމެއް ގެންނާކަށް އަމީތާބު ބޭނުމެއް ނުވެ އެވެ. އަމީތާބު ބުނާ ގޮތުގައި އޭނާގެ މަސައްކަތު ޑައިރީން 2019 ވެސް މިހާރު ވަނީ ފުރުމާ ގާތުގަ އެވެ.

އާދިއްތަ ދުވަހުގެ ރޭ އަމީތާބު އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުގައި ކަންނެތް ކަމަކީ ވެސް ފާޑެއްގެ ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. ކަންނެތްކަން މީހަކަށް ވެރިވެއްޖެ ނަމަ ދެން ބޭރަށް ނުކުމެ އުޅެން ވެސް އުނދަގޫވެ އެވެ. މާދަމާ ވެސް މަސައްކަތަށް ނުކުތުމުގެ ނަސީބު ލިބިފައިވުމަކީ އޭނާ ވަރަށް ހިތްހަަމަ ޖެހޭ ކަމެކެވެ.

"102 ނޮޓް އައުޓް"ގެ ޝޫޓިން އަނެއްކާވެސް ފެށިފައިވާ ކަމަށާއި މި މަހުގެ ނިޔަލަށް ނުވަތަ އޮގަސްޓް ފެށޭ ހިސާބުގައި ފިލްމު ނިމޭނެކަމަށް އުންމީދު ކުރާ ކަމަށެވެ.

"އޭގެ ފަހުން ކޯން ބަނޭގާ ކްރޯޅްޕަތީ (ކޭބީސީ) އާއި އިތުރު ޕްރޮޖެކްޓްތައް ވެސް އެބަހުރި. ތަގްސް އޮފް ހިންދުސްތާން ކުޅުމުގައި ވެސް އުފާވެރި ވަގުތުތަކެއް ހޭދަކުރަން އަދި އެބައޮތް. ފަހަރެއްގައި މިދޭ ގޮތުން 2018 ނިމި 2019 އަށް އަޅާއިރު ވެސް ކުރާނެ މަސައްކަތް ހުހެއް ނުވާނެ،" އަމީތާބު ލިޔެފައިވެ އެވެ.

"102 ނޮޓް އައުޓް" ގައި އަމީތާބު ކުޅެނީ ރިޝީ ކަޕޫރުގެ ބައްޕަގެ ރޯލެވެ. "ތަގްސް އޮފް ހިންދުސްތާން"ގައި އޭނާ ފުރަތަމަ ފަހަރަށް އާމިރު ޚާނާ އެކު ފިލްމެއްގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަމީތާބާއި ފިލްމުގެ ބައިވެރިން ދާދިފަހުން މޯލްޓާގައި ވަރަށް ގިނަ ދުވަހު ތިބެ މި ފިލްމުގެ ބައެއް ޝޫޓްކޮށްފައިވެ އެވެ.