16 ޖުލައި 2017 - 14:50

މި މަހުގެ ހަ ވަނަ ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ސުޕްރީމް ކޯޓުގައި މަސައްކަތުގައި އިންވަނިކޮށް އަނބުރައިގަނެގެން، ކުއްލި ހާލަތުގައި އަލީ ހަމީދު އައިޖީއެމްއެޗަށް ގެންގޮސް ބެލިއިރު ލޭގެ ޕްރެޝަރު ހުރީ ވަރަށް މަތީގަ އެވެ. އޭނާގެ ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުވުމުގެ އިތުރުން އޮކްސިޖަން ދަށްވުމުގެ މައްސަލައެއް ވެސް ކުރިމަތިވި އެވެ.
އަލީ ހަމީދަށް 10 ދުވަސް ވަންދެން ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު ދޫކޮށްލިއިރު، އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދިއެއް ނުލިބެ އެވެ.