23 ޖުލައި 2017 - 12:09

މާލޭގައި އެންމެ ފުޅާކޮށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ކްލިނިކް ކަމަށްވާ އޭއެމްޑީސީން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގެ ތެލެސީމިއާ ކުދިންނަށް ބޭނުންވާ މުހިއްމު ބައެއް ތަކެތި މިދިއަ ބުރާސްފަތިދުވަހު ހަދިޔާކޮށްފި އެވެ.
އޭއެމްޑީސީން މިތަކެތި އެމްބީއެސްއާ ހަވާލުކޮށްދެއްވީ ޗެއާމަން އާދަމް ނައީމެވެ. އެމްބީސީގެ ފަރާތުން ހަވާލުވެވަޑައިގަތީ ޑރ. އަހްމަދު އުމަރާއި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފަތިމަތު ސައުދާ އެވެ.
އޭއެމްޑީސީން ހަދިޔާކުރީ ޑެސްފަރަލް ޕަމްޕާއި ސިރިންޖު އަދި ވައިޓަލް މޮނިޓާ އެވެ.
ސިއްހީ ދާއިރާގެ އެކި ކަންކަމަށް އޭއެމްޑީސީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަތާ 25 އަހަރު ވެއްޖެ އެވެ. އެގޮތުން 30 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހިންނާއި ބިދޭސީންނަށް ހާއްސަ ކޮށްގެން، ހިލޭ ޑޮކްޓަރަށް ދެއްކުމާއި ހަކުރު ބައްޔަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ ނިޔަލަށް ކުރިއަށް ގެންދެ އެވެ.
އޭގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ވެސް މި ޕްރޮގްރާމްގެ ދަށުން ހިލޭ ޑޮކްޓަރަށް ދެއްކެ އެވެ.