26 ޖުލައި 2017 - 12:58

މިނިވަން ދުވަހާ ގުޅިގެން ދިރާގުން "މިނިވަން ޑޭޓާ ޕެކް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ތައާރަފް ކޮށްފި އެވެ.
ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޕްރޮމޯޝަނުގެ ދަށުން ގަންނަ ޑޭޓާ ޕެކް ދެގުނަ އަށް ބޮޑުކޮށް ލިބޭނެ ކަމަށެވެ. އަދި އެ ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުގެ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އަދި އެ ޑޭޓާ ޕެކް ގަނެވޭނީ ހަމައެކަނި އެ މުއްދަތުގެ ތެރޭގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކުރިން 99ރ. އަށް ލިބުނު 500 އެމްބީގެ ބަދަލުގައި މިހާރު އެއް ޖީބީގޭ ޑޭޓާ ލިބޭނެ އެވެ. އަދި ކުރިން 199ރ. އަށް ލިބުނު ދެ ޖީބީގެ ބަދަލުގައި މިހާރު ހަތަރު ޖީބީ ލިބޭނެ އެވެ. އޭގެ އިތުރުން ކުރިން 249ރ. އަށް ލިބުނު ތިން ޖީބީގެ ބަދަލުގައި މިހާރު ހަ ޖީބީ ލިބޭނެ އެވެ.
ދިރާގުގެ އެ ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނީ #8*123* އަށް ގުޅައިގެންނެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަނުގައި އެ ކުންފުނީގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި މިނިވަން ދުވަހާ ގުޅިގެން އެ ފަދަ ޕްރޮމޯޝަނެއް ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.